ދިވެހިރާއްޖެ
އިޖުތިމާޢީ މަރުކަޒު (އޭ އަދި ބީ) ، ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
މިކައުންސިލުގެ ނަންބަރު: (IUL)272-ESMS/272/2023/127 (23 ޑިސެންބަރު 2023) އިޢުލާނާއި ގުޅިގެން ޙުށަހަޅަފައިވާ އަންދާސީ ހިސާބުތަކާއެކު ޙުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމައަށް ޙުށަހަޅާފައިނުވާތީވެ، އެބިޑް ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 07 ޖަނަވަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން އަންދާސީހިސާބު/ބީލަން ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންސާސީހިސާބު/ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑާއި ކާޑުގެ ކޮޕީ އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީ އަކާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަ ވެސް ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގުމަށްޓަކައި އިޢުލާން ކުރީމެވެ.