ބީލަން
ނަންބަރު: FSM-ADV/2023/074
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 17:07
ސުންގަޑި:
04 ޖަނަވަރީ 2024 11:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޭ މައުލޫމާތާއި އެއްގޮތައް، މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޤާއިމު ކޮށްފައިވާ ފިއުލް ޝެޑްތަކާއި އެހެނިހެން ސައިޓްތަކުގެ ސެކިއުރިޓީ 3 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 04 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް އީމެއިލްކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.
- ބީލަމަށް ނަން ހުށަހަޅުއްވާ ފަރާތް
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ބީލަން ހުށަހަޅުއްވާ ފަރާތް ތަމްސީލުކުރައްވާނެ ފަރާތް އަދި މަޤާމް
- ބީލަމުގެ އިޢުލާނު ނަންބަރު ނުވަތަ ރިފަރެންސް އަދި ބީލަމުގެ ނަން
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.
- ބީލަން ހުށަހެޅުއްވުމާއި ހުޅުވުން: ބީލަން ހުށަހެޅުއްވުމާއި ހުޅުވުން އޮންނާނީ 07 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ތިރީގައިވާ އެޑުރެހުގައެވެ.
6 ވަނަ ފަންގިފިލާ ،
އެފް.އެސް.އެމް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު، މާލެ
މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
29 ޑިސެންބަރު 2023