ބީލަން
ނަންބަރު: (IUL)310-MS/310/2022/63
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 23:21
ސުންގަޑި: 11 ޖަނަވަރީ 2024 11:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މީދޫގެ މަގުތަކާއި އިޖުތިމާޢީ ސަރަހައްދުތަކުގައި ޖަހާފައިހުރި ހޮޅިދަނޑިތައް މަރާމާތުކޮށް ބެލެހެއްޓުން އައުޓްސޯސް ކުރުމާބެހޭ

  1. ރ.މީދޫ އިޖުތިމާޢީ ސަރަހައްދުތައް ދިއްލުމަށް ޖަހާފައިވާ ބައްތިތައް ބެލެހެއްޓުމަށް ހެދިފައިވާ އެއްބަސްވުމުގެ މުއްދަތު 30 ނޮވެމްބަރު 2023 ގައި ހަމަވާތީ، މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. ބީލަމާއިގުޅިގެން މައުލޫމާތު ސާފުކުރެއްވުން އޮންނާނީ 2024 ޖެނުއަރީ 4 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައެވެ.
  3. ބިޑަށް ކުރިމަތިލެވޭނީ ބިޑަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ވާތީ، 2024 ޖެނުއަރީ 04 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބިޑު ރަޖިސްޓްރީ ކުރާ ފޯމް" މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ.
  4. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2024 ޖެނުއަރީ 11 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

            އަންދާސީ ހިސާބުގައި މާކުސްދެވޭނެ ބައިތަކާއި މިންގަނޑުތައް ތިރީގައި މިވަނީއެވެ.

  •  ހޮޅިދަނޑިތައް މަރާމާތުގެ ބަލަހައްޓައިދޭނެ އަގު   (މަހުންމަހަށް)  %60
  • އިތުރު މަސައްކަތްތައް ކޮށްދޭނެ އަގު                     %20
  • ތަޖްރިބާ                                       %20

                         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.       

                                   10 ޖުމާދަލް އާޚިރާ 1445ހ. 

 28 ޑިސެމްބަރު 2023މ.  

28 ޑިސެންބަރު 2023