މަސައްކަތް
ނަންބަރު: (IUL)459-A/1/2015/24
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:56
ސުންގަޑި: 29 މާރިޗު 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޕްރޮސީޖަރ މެނުއަލް އިތުރަށް ރިވިއުކޮށް އަދި ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މި މިނިސްޓްރީން ޢަމަލުކުރަމުންގެންދާ ޕްރޮސީޖަރ މެނުއަލް އިތުރަށް ރިވިއުކޮށް އަދި ތަރުޖަމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ، ފުރަތަމަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2 އެޕްރީލް 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް (ހުރަވީ ބިލްޑިންގ، ފުރަތަމަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅޭނީ 29 މާރިޗު 2015 ވާ އާދީއްތަ ދުވަހު މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.

މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 3013017 ނަންބަރުން މި މިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނާ ގުޅުއްވުން އެދެމެވެ.

2 ޖުމާދަލްއާޚިރާ 1436

22 މާރިޗު 2015