މަސައްކަތް
ނަންބަރު: (IUL)252/252/2023/97
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 22:05
ސުންގަޑި: 09 ޖަނަވަރީ 2024 13:30
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހއ.ފިއްލަދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕޭސްޓްރީ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ނަމްބަރ:(IUL)252/252/2023/97

 

އިޢުލާން

ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ހއ.ފިއްލަދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕޭސްޓްރީ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

            މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ހއ.ފިއްލަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން މިރަށުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕޭސްޓްރީ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.

            ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ 2014/18 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ބެހޭ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާއި ބެހޭ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

            ޕްރޮޕޯސަލް ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ގޫގުލްފޯމްލިންކް:https://docs.google.com/forms/d/e/1FAIpQLScLsHiaz78PwF_mT0HDmHYq_8yfdWGh5Medjh4KdB8VJhBZCQ/viewform?usp=pp_url

 

ރަޖިސްޓްރީ ކުރުން

08 ޖަނަވަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ޕްރީ-ބިޑް ބައްދަލުވުން

ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ.

ޕްރޮޕޯސަލްތައް ބަލައިގަތުން

09 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ޕްރޮޕޯސަލްތައް ހުޅުވުން

09 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:35 ގައި ފިއްލަދޫ ކައުންސިލްގެ އިދާރާގައި.

      

            ޕްރޮޕޯސަލް ހުށަހެޅުމަށާއި ޕްރޮޕޯސަލް ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

15 ޖުމާދަލްއާޚިރާ 1445

28 ޑިސެމްބަރ 2023

28 ޑިސެންބަރު 2023