ދިވެހިރާއްޖެ
ހއ ދިއްދޫ ރައްސިގަނޑު ޕާކުގައި ހުރި ޢިމާރާތް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ.
- 1. ޢިމާރާތްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތް
(ހ) މި ޢިމާރާތްތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ "ހއ ދިއްދޫ ރައްސިގަނޑު ޕާކުގައި ހުރި ރައްޔިތުންގެ އިމާރާތް ކުއްޔަށް ދޫކުރުމުގެ އުސޫލު 2023" އާ އެއްގޮތަށެވެ.
(ށ) މި އިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރެވޭ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ 31 ޑިސެންބަރު 2023 ވާ އާދީއްތަ ދުވަހުން ފެށިގެން 08 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 14:00 އަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.
(ނ) ބީލަން ހުށަހަޅާ ފޮތް މި ކައުންސިލުން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ހުށަހަޅާ ފޮތެއްގެ އަގަކީ 100.00 ރުފިޔާއެވެ.
(ރ) ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވައިލްޓް 11 ގައެވެ. އަދި ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުވެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ. އަދި މި އިޢުލާނުގައި ބުނެފައިވާ ޢިމާރާތް ކުއްޔަށް ދޫކުރުމުގެ ގޮތުން މި އިދާރާއިން ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި އަދި އެ ޢިމާރާތް ހުންނަ ތަން އެނގޭނެ ޗާޓް، މި އިޢުލާނާއިއެކު އާންމު ކުރީމެވެ.