ބީލަން
                	
                ނަންބަރު: (IUL)22-EDF/22/2023/488
                    ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2023
                    ޕަބްލިޝްކުރި ގަޑި:  20:09
                                            ސުންގަޑި: 
                            09 ޖަނަވަރީ 2024 11:00
                        
                    
                މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ފިލާ ބިލްޑިންގް 1 ގެ 5 ވަނަ ފަންގިފިލާ އޮފީސްބައި ކުއްޔަށް ދިނުން
                                ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި އިދާރާ އިން ކުރި ނަންބަރު 22EDF/22/2023/482 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، ފިލާ ބިލްޑިންގ 1 ގެ 5 ވަނަ ފަންގިފިލާ ދެކުނުބައި ކުއްޔަށް ދޫކުރުމަށް އަލުން އިޢުލާނުކުރަމެވެ.
ފިލާ ބިލްޑިންގް 1 ގެ 5 ވަނަ ފަންގިފިލާ ދެކުނުނުބައިގެ އޮފީސްބައި ކުއްޔަށްދިނުން
- މިދަންނަވާ އޮފީސްބައި، އަކަފޫޓަކަށް-/25 (ފަންސަވީސް) ރުފިޔާއަށްވުރެ ކުޑަނުވާގޮތަށް އަގު ހުށަހެޅުމުގެ ފުރުޟަތު ހުޅުވާލަމެވެ.
 
- ފިލާ ބިލްޑިންގ 1 ގެ 5 ވަނަ ފަންގިފިލާ (ދެކުނު) 435 އަކަފޫޓް
 
- މި ފިހާރަ ކުއްޔަށްހިފުމަށް އެދޭ ފަރާތްތަކުން، 2023 ޑިސެންބަރު 28 އިން ފެށިގެން 2024 ޖަނަވަރީ7 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/WwL59XK235sZvbAD6
 - މިކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2024 ޖަނަވަރީ 6 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 6 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
 - ކުއްޔަށްހިފުމަށް އެދޭ ފޯމް ހުށަހަޅުއްވާއިރު ބިޑު ސެކިއުރިޓީގެ ގޮތުގައި -/15000 (ފަނަރަހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަހެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ސަރުކާރުން ގަބޫލުކުރާ ރާއްޖޭގައިހުރި ބޭންކަކުން ނުވަތަ ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންސްޓިޓިއުޓަކުން މި އިޢުލާންގެ 1 ވަނަ ނަންބަރުގައިއެވާ ތަން ކުއްޔަށް ހިފުމުގެ ބޭނުމަށް ދޫކޮށްފައިޥާ ބިޑު ސެކިއުރިޓީ ނުވަތަ ގެރެންޓީއެކެވެ.
 - ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 2424 ޖަނަވަރީ 09 ވާ އަންގާރަ ދުވަހުގެ 11:00 ގައި ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ ގައެވެ.
 - ތަޢުލީމީ ފަންޑުގެ ޢިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފޯމް އާއި، ތަޢުލީމީ ފަންޑުގެ ފިހާރަ ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ އުޞޫލް މި އިޢުލާނާއެކު އެޓޭޗް ކޮށްފައިވާނެއެވެ.
 - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
ތައުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އެދުރުހިޔާ 9 ވަނަ ފަންގިފިލާ ، ފަޅުމަތީ މަގު
މާލެ، ދިވެހިރާއްޖެ.
ފޯން: , 3341232 ، 3341194
- އީ-މެއިލް: [email protected]
 - ކޮޕީ-މެއިލް: [email protected]
 
                28 ޑިސެންބަރު 2023