ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)459-GR/459/2023/85
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 17:39
ސުންގަޑި: 07 ޖަނަވަރީ 2024 14:00
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ހަމަހަމަކަން ކަށަވަރު ނިޝާން 2024 ގެ އަސާސީ މިންގަނޑު (ބްރޯންޒް) އަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުން

އިޢުލާން

...

ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން، ޤައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތަޢާރުފުކުރެއްވުމަށް 24 ޑިސެންބަރު 2023 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ނިޝާނަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން، ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ނިޒާމެކެވެ. މި ނިޝާނުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި މައުނަވީ ގޮތެއްގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި، އިޤްތިޞާދީ ގޮތުން ދެ ޖިންސުގެ މެދުގައި ހުރި ފަރަގުތައް ނައްތާލުމަށާއި ވަޒީފާގެ މާހައުލަކީ ދެ ޖިންސަށް ވެސް ހަމަހަމަ ފުރުޞަތުތަކެއް ކަށަވަރުވެފައިވާ ފަހި މާހައުލަކަށް ހެދުމަށްޓަކައި ދިވެހިރާއްޖޭގެ އާންމު އަދި ޕްރައިވެޓް ސެކްޓަރ ހިމެނޭގޮތަށް ހުރިހާ އިދާރާއަކުން މަސައްކަތްކުރުމަށް ބާރުއެޅުމެވެ. އެގޮތުން، މަސައްކަތްތައް ބައްޓަންކުރަންވީ މައިގަނޑު ދާއިރާތަކާއި މިންގަނޑުތަކެއް ކަނޑައަޅައި، މި މިންގަނޑުތައް ހާސިލުކުރުމަށް ހިތްވަރުދިނުމަށާއި، މިންތީގެ ހަމަހަމަކަމަށް ވަކާލަތުކޮށް ކާމިޔަބީތައް ހޯދާފައިވާ އިދާރާތަކުގެ އަގު ވަޒަންކުރުމަށް މި ނިޝާން ދެވިގެންދާނެއެވެ. މިގޮތުން، މި ނިޝާން ތަޢާރަފުކުރުމަށްޓަކައި، ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެންމެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެންމެ ދަށް މިންގަނޑުތައް ކަނޑައަޅާ، މި މިންގަނޑުތަކަށް ފެތޭ އިދާރާތަކުން ހަމަހަމަކަން ކަށަވަރު ނިޝާން ހޯދުމަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

އެޕްލިކޭޝަންތައް ހުށަހެޅުމަށް އެދޭ ފަރާތްތަކުން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު، ހެކީގެ ގޮތުގައި ހުށަހަޅާ ލިޔެކިއުންތަކާއި އެކު އީމެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ޖަނަވަރީ 7 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.  

           

 

28 ޑިސެންބަރު 2023