ދެންނެވުން
ނަންބަރު: MTCC-CSD/IU/2023/0313
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:29
ސުންގަޑި: 31 ޖަނަވަރީ 2024 16:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރ ކަމުގައިވާ 'ޕްރައިޒްވޯޓަރހައިސްކޫޕާރސް މޯލްޑިވްސް'، 'ޑެލޮއިޓް ނެޓްވޯކް' އާއި ގުޅި ނަމަށް ބަދަލު ގެނައުމާއި ގުޅޭ:

15 ޖޫން 2023ގައި ބޭއްވި މިކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި 2023 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުންގެ ގޮތުގައި އައްޔަނު ކުރައްވާފައިވާ ޕްރައިޒްވޯޓަރހައިސްކޫޕާރސް މޯލްޑިވްސް (ޕީ.ޑަބްލިއު.ސީ) 'ޑެލޮއިޓް ނެޓްވޯކް' އާއި ގުޅި ޕީ.ޑަބްލިއު.ސީގެ ނަން ވަނީ "ޑެލޮއިޓް ޕާރޓްނާސް" އަށް ބަދަލުކޮށްފައެވެ.


މަތީގައިވާ ބަދަލާއެކު، 2023 ވަނަ އަހަރަށް ކުންފުނީގެ އެކްސްޓަރނަލް އޮޑިޓަރުންނަކީ, 'ޑެލޮއިޓް ޕާރޓްނާސް' (P-0689/1980) އެވެ.

 

ވީމާ މިކަން ކުންފުނީގެ ޙިއްޞާދާރުންނަށާއި ކަމާބެހޭ ފަރާތްތަތުގެ މަޢުލޫމާތައްޓަކައި ޢާންމުކޮށް އިޢުލާން ކުރީމެވެ.

28 ޑިސެންބަރު 2023