މަސައްކަތް
ނަންބަރު: 116-F40/IFB/2015/8
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި: 02 އޭޕްރިލް 2015 10:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެރިން ސްޓޭޝަން މަރާމާތުކޮށްދީ ހަދައިދޭނެ ފަރާތެެއް ހޯދުމާބެހޭ

ބީލަން ހުށަހެޅުމުގެ ދައުވަތު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން އަންނަ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އައި.އެން.އައި.އޭ) ގެ މެރިން ސްޓޭޝަން މަރާމާތުކޮށްދިނުމާއެކު ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން ސިޓީއަކުން، ނުވަތަ ފެކްސްއިން ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީވާ ފަރާތްތަކަށް އިނގިރޭސިބަހުން ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ބާއްވާ ޕްރިބިޑް އަދި ސައިޓް ވިޒިޓެއް 06 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 10:30ގައި އޮންނާނެއެވެ. ޕްރީބިޑް އަދި ސައިޓް ވިޒިޓަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިމަސައްކަތާ ގުޅޭގޮތުން އުފެދޭ އިތުރު ސުވާލުތައް އެންމެ ލަސްވެގެން 09 އެޕްރީލް 2015 ވާ ބުރާސްފަތި 10:30ގެ ކުރިން ލިޔުމުން (ފެކްސް ނުވަތަ އީމެއިލް) އިން ހުށަހެޅުއްވުން އެދެމެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އެވެ. ބީލަންތައް ހުންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި، މިކުންފުނީގެ މައިއިދާރާ (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް) ގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި އަންދާސީހިސާބެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި، ބިޑް އެވޯޑްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3337279 /3337236 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް  www.macl.aero

26 މާރިޗު 2015