ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MBC-HH/MBC/2015/74
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:31
ސުންގަޑި: 16 މާރިޗު 2015 15:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ޖަރނަލިސްޓް

މަޤާމު:

އެސިސްޓެންޓް ޖަރނަލިސްޓް ގްރޭޑް 3

މަޤާމުގެ ރޭންކް:

TP 9

ބޭނުންވާ އަދަދު:

20

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއާއެކު މަދުވެގެން 3 މާއްދާއިން ދަށްވެގެން 'ސީ' ފާސްލިބިފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.
  • ބްރޯޑްކާސްޓިންގއާ ގުޅޭ ބޭސިކް ތަމްރީން ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ ދިވެހިރާއްޖޭގެ އަޑު ނުވަތަ ޓެލެވިޜަން މޯލްޑިވްސް އިން ހިންގާފައިވާ ބްރޯޑްކާސްޓް ޖަރނަލިޒަމާބެހޭ ތަމްރީން ކޯހެއް ފުރިހަމަކޮށް ޢަމަލީ ތަޖުރިބާ ލިބިފައިވުން. އަދި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ މިމަޤާމަށް ހޮވާ ރިޕޯޓަރުން ސްޕެޝަލައިޒް ވުމަށް ޝައުޤުވެރިވާ ދާއިރާތަކުގެ ތެރެއިން ދާއިރާއަކާ ގުޅުހުން ހުރި ދާއިރާއަކުން މަތީ ތަޢުލީމު ހާސިލު ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މައިގަނޑު މަސްއޫލިއްޔަތު:

  • ކޯޕަރޭޝަނުން ޚަބަރު ފޮނުވާ އެކި މީޑިއަމްތަކަށް، އެމް.ބީ.ސީ. ގެ ޤާނޫނާއި ސިޔާސަތުތަކާއި ގައިޑްލައިނާ އެއްގޮތަށް ޚަބަރާއި ޚަބަރާގުޅޭ ޕްރޮގްރާމްތައް އުފެއްދުމާއި ހުށަހެޅުން.
  • އަމިއްލައަށް ކެމެރާކޮށް ޚަބަރު ކޮންޓެންޓް ޓީވީއަށާއި ރޭޑިއޯއަށް އުފައްދާ އަދި އޮންލައިނަށް އުފައްދައި ހުށަހެޅުން.
  • އަދި އެހެނިހެން މީޑިއަމްތަކަށް ކޮންޓެންޓް އުފެއްދުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން އިސްކަންދޭނީ، ބޭނުންވާ ޝަރުޠު ހަވާ އަދި އިންޓަވިއުއިން އެންމެ ރަނގަޅު މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކުގެ މެދުގައި އެމްބީސީއިން ހިންގާ ބްރޯޑްކާސްޓް ޖަރނަލިޒަމްގެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށް އެޕްރޮގްރާމުން އެންމެ ރަނގަޅު ނަތީޖާ ނެރެވޭ ފަރާތްތަކަށެވެ.

މުސާރަ:

މަހަކު -/5,000ރ

އެލަވަންސްތަކާއި ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް: މަހަކު -/3،000 ރުފިޔާ
  • އިތުރު ގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • މީގެ އިތުރުން، ކަނޑައެޅިފައިވާ އުސޫލުން ޑިއުޓީ އެލަވަންސާއި، ރިސްކު އެކުލެވޭ އިވެންޓެއް ކަވަރ ކުރާނަމަ ރިސްކު އެލަވަންސް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އެޓެސްޓްކޮށްފައިވާ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.

ނޯޓް: ހުށަހަޅުއްވަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ސިޓީ ބަލައިނުގަނޭވޭނެ ވާހަކަ ދަންނަވަމެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

16 އެޕްރީލް 2015 ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން

ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

03 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015