ވަޒީފާގެ ފުރުޞަތު
ނަންބަރު: IL/2023/6438
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 08 ޖަނަވަރީ 2024 13:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، މަތީގައި ބަޔާންކޮށްފައިވާ ފާހުގެ އިތުރަށް ތިރީގައި މިވާ ދައިރާތަކުން ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

 - ޖީސީއީ އޭލެވެލް އިމްތިޙާނުގެ އެކައުންޓިން މާއްދާއިން "ބީ" ފާސް   ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން

 - ޑޭޓާ ސައިންސް ނުވަތަ ޑޭޓާ އެނަލިޓިކްސް ދާއިރާއިން ސެޓްފިކޭޝަނެއް   ހާސިލް ކޮށްފައިވުން

 - އައިޓީ އޮޑިޓް ދާއިރާއިން ސެޓްފިކޭޝަނެއް (މިސާލަކަށް ސެޓްފައިޑް   އިންފޮރމޭޝަން ސިސްޓަމްސް އޮޑިޓަރ) ހާސިލް ކޮށްފައިވުން

 - އައިޓީ އޮޑިޓް ނުވަތަ އައިޓީ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

  • މި ވަޒީފާއަށް ހޮވޭ ފަރާތަށް އެކައުންޓިން ދައިރާގެ ސެޓްފިކެޓެއް ލިބިފައިނުވާނަމަ، ވަޒީފާ އަދާކުރަންފަށާތާ 1 އަހަރު ދުވަސް ތެރޭގައި އޮތޯރިޓީންއިން ހަމަޖައްސައިދޭ އެކައުންޓިންގެ އަސާސީ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާންޖެހޭނެ

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އައިޓީ އޮޑިޓްތައް ކުރުމާއި އެމްއެމްއޭގެ އައިޓީއާ ގުޅުންހުރި މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްސްތަކާ އެއްގޮތަށްތޯ ބަލައި އައިޓީ އޮޑިޓް އެންގޭޖްމެންޓްތައް ހެދުމުގައި އެހީތެރިވުން

 

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް ސައިބަރ ސެކިއުރިޓީ އެނަލިސްޓް

ސެކްޝަން/ޑިވިޜަން:

އޮން-ސައިޓް ސުޕަރވިޝަން ސެކްޝަން / ބޭންކްސް އެންޑް އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް  ނުވަތަ މި ދާއިރާތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

 - ސައިބަރ ސެކިއުރިޓީ ނުވަތަ މެނޭޖްމަންޓް އިންފޮރމޭޝަން ސިސްޓަމްސް   އާގުޅޭ ދާއިރާއިން ތައުލީމް ހާޞިލްކޮށްފައިވުން

 - އައިޓީ ސިސްޓަމްތަކަށާއި ސައިބަރ ސެކިއުރިޓީ ރިސްކްތައް ދެނެގަތުމަށް   އަހުލުވެރިވެފައިވާ ފަރާތްތަަކަށާއި ސޮފްޓްވެއަރ/އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ   ތަޖްރިބާއާއި ޔޫޒަރ އިންޓަރފޭސް/ޔޫޒަރ އެކްސްޕީރިއަންސް ޑިޒައިނިން،   ބެކް-އެންޑް އަދި ފްރޮންޓް-އެންޑް ޑިވެލޮޕްމަންޓާއި ޑޭޓާބޭސް ޑިޒައިން   އަދި ޑިވެލޮޕްމަންޓް ދާއިރާއިން ތަޖުރިބާއާއި ހުނަރު ލިބިފައިވުން

 - މައިކްރޯސޮފްޓް އެކްސެލް ނުވަތަ އެހެން ސްޓެޓިސްޓިކަލް ސޮފްޓްވެއަރ   ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ބޭންކްތައް ސްޕަވައިޒު ކުރުމާއި ރެގިއުލޭޓް ކުރުމުގެ އެންމެހާ މަސައްކަތްތަކާއި ބޭންކްތަކުގެ ސައިބަރ ސެކިއުރިޓީ ރިސްކްތައް އެސެސްކުރުމުގެ މަސައްކަތްކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ޕްރޮކިއުމަންޓް ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • ބިޒްނަސް  ނުވަތަ މެނޭޖްމަންޓް ނުވަތަ އެކައުންޓިން ނުވަތަ ފައިނޭންސް ނުވަތަ ޤާނޫނީ ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލް ކޮށްފައިވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއޭއަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ސަޕްލައިޔަރުންނާ މުއާމަލާތް ކުރުމާއި ޓެންޑަރ އަދި ބިޑު ކުރުމުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރު ކުރުމާއި އެފަދަ ފަރާތްތަކާއި ކޮންޓްރެކްޓް ހެދުމާއި ޕާރޗޭސް އޯޑަރުތައް ހެދުމާއި އެކަންކަމާގުޅޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން
  • ތަކެއްޗާއި ޚިދުމަތް ހޯދުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ސެކްޝަންތަކާ މުއާމަލާތްކޮށް އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

މުސާރަޔާއި އިނާޔަތްތައް

19,000.00 – 20,800.00 ރުފިޔާ

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ސެކްޝަން:

ސެކިއުރިޓީ ސަރވިސަސް ސެކްޝަން / ބިލްޑިންގ، ޕްރޮޕަޓީ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ޝަރުތު:

 

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލްއާއި އެސްއެސްސީ އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ ފަރާތަކަށްވުން
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒް ނުކުރާ ފަރާތަކަށްވުން
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތަކަށްވުން
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް ބޭނުންވާ މިންވަރަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައިވާ ފަރާތަކަށްވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސީސީޓީވީއާއި އެކްސެސް ކޮންޓްރޯލް ސިސްޓަމް ފަދަ ސެކިއުރިޓީ ނިޒާމް ބޭނުންކޮށްގެން އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްތައް.
  • އިމާރާތާއި އިމާރާތަށް ވަދެނުކުމެއުޅޭ ފަރާތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް، ކަނޑައެޅޭ ސެކިއުރިޓީ ޕޯސްޓްތަކުގައި ޑިއުޓީކުރުން.

މުސާރަޔާއި އިނާޔަތްތައް

  • 9,500.00 – 12,000.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

08 ޖަނަވަރީ 2024  ވަނަ ދުވަހުގެ މެންދުރުފަހު 13:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގެރޭސި ބަހުގެ ނަތީޖާއަށެވެ.

28 ޑިސެންބަރު 2023