މަސައްކަތް
ނަންބަރު: (IUL)MHCL-P/1/2023/27
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 21 ޖަނަވަރީ 2024 14:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ފަރާތުން ކުރަން ހަމަޖެހިފައިވާ ޙައްޖު އަދި ޢުމްރާތަކަށް ވައިގެދަތުރުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން ކުރަން ހަމަޖެހިފައިވާ 1445 ވަނަ އަހަރުގެ ޙައްޖު ދަތުރު އަދި 2024 ވަނަ އަހަރުގެ ޢުމްރާ ދަތުރުތަކުގައި ބައިވެރިވަޑައިގަންނަވާ ޙައްޖާޖީން/ޢުމްރާވެރީން ހުޅުލޭ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓަށް ވައިގެމަގުން ގެންގޮސްދިނުމާއި ގެނެސްދިނުމުގެ ޚިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:

މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 21 ޖަނަވަރީ 2024 ވާާ އާދީއްތަ ދުވަހުގެ ދެ ގަޑި ސުންމިނެޓު (14:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 03 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 09 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ ދެ ގަޑި ސުންމިނެޓު (14:00) ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

28 ޑިސެންބަރު 2023