ދިވެހިރާއްޖެ
ނަންބަރ: A/IUL/344/2023/123
އިޢުލާން
އަމިއްލަ ތަކެތީގައި އއ.ފެރިދޫ ކައުންސިލްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތުގެ ހުޅަނގުބައިގައި ކުރަންހުރި މަރާމާތުތައް ކުރުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި ނަމްބަރ: A/IUL/344/2023/119 (2023 ޑިސެމްބަރ 17) އިއުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ އަލުން އިއުލާން ކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2023 ޑިސެމްބަރ 31 ވާ އާދީއްތަ ދުވަހުން ފެށިގެން 2024 ޖަނަވަރީ 09 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓާއި، އަމިއްލަ ފަރުދަކު ނަމަ އައި.ޑީ ކާޑު ކޮޕީ، ކުންފުންޏަކުން ނަމަ ރަޖިސްޓްރީގެ ކޮޕީ، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ގުޅިގެން ރަޖިސްޓަރވީ ފަރާތްތަކަށް އިތުރު މައުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމެއް 2024 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި އއ.ފެރިދޫ ކައުންސިލްގެ ގޮތުގައި ކުރިން ބޭނުންކުރި އިމާރާތުގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ޖަނަވަރީ 17 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2024 ޖަނަވަރީ 15 ވާ ހޯމަ ދުވަހު މެންދުރުފަހު 12:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.