ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)264/PRIV/2023/101
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:59
ސުންގަޑި: 08 ޖަނަވަރީ 2024 13:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ހަޓެއް ހަދައިދޭނެ ފަރާތެއް ހޯދުން

ހދ.ނޮޅިވަރަމު ބަނދަރުގައި ހަޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

   ބީލަމުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 08 ޖެނުއަރީ 2024 ވާ (ހޯމަ) ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް މިއިދާރާގެ ނަންބަރ 6520043 އަށް ގުޅުއްވައިގެން ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް ބޭނުންކޮށްގެން ރަޖިސްޓްރީ ކުރަންވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަމުގައި ނަންނޯޓް ކުރުމުގެ ލިންކް:  https://forms.gle/pwbLcnz5hnDgQxXa8

ތަފްޞީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުންގަޑި

08 ޖެނުއަރީ 2024 (ހޯމަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

09 ޖެނުއަރީ 2024 (އަންގާރަ)

10:00

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމް ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

  އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ނޮޅިވަރަމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެއްޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ

އަމީނީމަގު، ހދ. ނޮޅިވަރަން، ދިވެހިރާއްޖެ.

ފޯން: 6520043

އީ-މެއިލް:[email protected]

28 ޑިސެންބަރު 2023