ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2023/84
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 09 ޖަނަވަރީ 2024 15:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން                                                          

 މިސަރވިސްގެ ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ނެގުމަށް އިޢުލާން ކުރަމެވެ.                                                

މަޤާމް:

އެސިސްޓެންޓް ލީގަލް އޮފިސަރ

ރޭންކް:

އެލް.އެސް 01

ކްލެސިފިކޭޝަން:

ސުޕަވައިޒަރީ ޕްރޮފެޝަނަލް ސިވިލް އޮފިސަރސް

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

މަހަކު 9,610/-ރުފިޔާ

މަހަކު  3,500/-ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  4,324.50/-ރުފޔާ

ބޭނުންވާ އަދަދު:

03

މަސައްކަތް ކުރަންޖެހޭ ތަން:

ލީގަލް ސަރވިސް ޑިވިޜަން / ހެޑް އޮފީސް ، މާލެ

މަޤާމުގެ ގިންތި:

ދާއިމީ

ފެންވަރު ނުވަތަ ޝަރުތު:          

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީއަތާއި ޤާނޫނުގެ ދާއިރާއިން:

  1. ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
  2. ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 45 (ސާޅީސް ފަހެއް) އަހަރު ނުވާ މީހަކު ކަމުގައިވުން،
  4. ޖިނާއީ އެއްވެސް ބާވަތެގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި،އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށް އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ  ފަރާތެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންނާމެދު އަޅާ ޑިސިޕްލިނަރީ ނުވަތަ އިދާރީ ފިޔަވަޅު ތަކާ ގުޅިގެން، ދިވެހި ރާއްޖޭގެ ޝަރުޢީ ކޯޓުގައި ދަޢުވާ ކުރާ މައްސަލަތަކުގައި، އެޓަރނީ ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  2. ކަމާ ގުޅުން ހުރި ޤާނޫނުތަކަށް އަންނަ ބަދަލުތައް ދެނެގަނެ، ޤާނޫނު ނަންބަރު: 14/2013  )ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) އަށް ބަދަލު ގެންނަން ޖެހޭ ހާލަތްތަކުގައި ޤާނޫނު ރިވިއުކުރުމުގައި އެހީތެރިވުން.
  3. ޤާނޫނު ނަންބަރު: 14/2013 )ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) އަދި ކަމާ ގުޅުން ހުރި އެހެނިހެން ޤާނޫނުތަކަށް އަންނަ ބަދަލުތައް ދެނެގަނެ، އެ ބަދަލުތަކާ ގުޅިގެން، ގަވާއިދުތަކަށް ބަދަލު ގެންނަން ޖެހޭ ހާލަތްތަކުގައި ގަވާއިދު ރިވިއުކުރުމަށް އެހީތެރިވުން.
  4. މި ސަރވިސްއިން އެކުލަވާލާ ގަވާއިދުތަކާއި، އުސޫލުތައް ޑްރާފްޓްކުރުމާއި ރިވިއުކުރުމުގައި އެހީތެރިވުން.
  5.  މި ސަރވިސްއިން އެކުލަވާލަންޖެހޭ އުސޫލުތަކާއި އެސް.އޯ.ޕީ އަދި މި ސަރވިސްއިން އެކުލަވާލާ އެއްބަސްވުންތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  6.  މޯލްޑިވްސް ކަރެކްޝަނަން ސަރވިސްގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ޖަލުތަކަށާއި ޑިވިޜަންތަކަށާއި ސެކްޝަންތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުން.
  7. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ދެކޮޅަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި މި ސަރވިސް ތަމްސީލުކޮށް، ކޯޓު މަރުހަލާގައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  8.  މި ސަރވިސްއިން އެކުލަވާލާފައިވާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އައްޔަނު ކޮށްފި ނަމަ، މެންބަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސްޢޫލިއްޔަތު އަދާކުރުން.
  9. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންނަކީ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ތަފާތު ވަސީލަތްތައް ބޭނުންކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، ކަންތައްތައް ރަވާއި ހިންގުމަށްޓަކައި ކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  10. ލީގަލް ސަރވިސް ޑިވިޜަނުން ބަލަހައްޓަމުންދާ ބޯޑު އަދި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓެއްގެ ގޮތުގައި އައްޔަނު ކޮށްފިނަމަ، ސެކްރެޓޭރިއެޓުގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސްޢޫލިއްޔަތު އަދާކުރުން.
  11. ލީގަލް ސަރވިސް ޑިވިޜަންގެ އެކިއެކި އިދާރީ މަސައްކަތް ކުރުން.

 

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު.
  • މަސައްކަތާއި ގުޅިގެން ލިބިފައިވާ ތަޖުރިބާ.
  • އިންޓަވިއު މާކްސް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
    • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ). 
    • ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ.
    • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.
    • ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.
    • އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ކޮޕީ.
    • ޕޮލިސް ރިޕޯޓް (03 މަސްދުވަސް ހަމަނުވާ)

 

ސުންގަޑި:

 

  •  މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2024 ޖަނަވަރީ 09 ވާ އަންގާރަ ދުވަހުގެ 15:00 ނިޔަލަށް  [email protected]އަށް އީމެޢިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް (ރޭޑިއޯ ބިލްޑިން) ގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.
  •  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  •  ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

28 ޑިސެންބަރު 2023