ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)167-HR/167/2023/85
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 09 ޖަނަވަރީ 2024 15:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެސިސްޓެންޓް ސިވިލް އޮފިސަރ

އިޢުލާން                                                        

ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށް އިޢުލާން ކުރަމެވެ.                                           

މަޤާމުގެ ނަން:

އެސިސްޓެންޓް ސިވިލް އޮފިސަރ

ބޭނުންވާ އަދަދު:

01

މަޤާމުގެ ޤިންތި:

ދާއިމީ

ރޭންކް:

ސީ 2

ކްލެސިފިކޭޝަން:

އޮޕަރޭޝަނަލް ސިވިލް އޮފިސަރސް

މުސާރަ:

މަހަކު5,400.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,500.00ރުފޔާ

ނޮން ޕްރެކްޓިސް އެލަވަންސް:

މަހަކު  2,430.00ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:       

އައިކޯސްޓް

ފެންވަރު ނުވަތަ ޝަރުތު:           

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  1. ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
  3. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30 (ތިރީސް) އަހަރު ނުވާ މީހަކު ކަމުގައިވުން
  4. ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  1. އައިކޯސްޓްގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރަޖިސްޓްރީ އާއި ޕާރސަނަލް ފައިލް ރައްކާތެރިކަމާއެކު ބެލެހެއްޓުން  އަދި އޮފިސަރުންނާއި މުވައްޒަފުންނަށް ދޭންޖެހޭ އަދި ބޭނުންވާ މައުލޫމާތުތައް ފޯރުކޮށް ދިނުން.
  2. އޮފިސަރުންނާއި މުވައްޒަފުންގެ އަހަރީ ޗުއްޓީ ތާވަލުކޮށް ޗުއްޓީ ދިނުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، އެހެނިހެން ޗުއްޓީތަކުގެ މައުލޫމާތު ބެލެހެއްޓުން.
  3. އައިކޯސްޓުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ޙާޒިރީ ރިޕޯޓްތައް ތައްޔާރުކުރުން.
  4. އޮފިސަރުންނާއި މުވައްޒަފުން ޙާޟިރުކުރަން ޖެހޭ ތަންތަނަށް ޙާޟިރުވާން އެންގުމާއި، އޮފިސަރުންނާއި މުވައްޒަފުން ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުން އަދި އޮފިސަރުންނާއި މުވައްޒަފުންގެ ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމާއި ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  5. މި އިންސްޓިޓިއުޓްގެ އިދާރީ އެންމެހާއި މަސައްކަތް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރުމާއި މި އިންސްޓިޓިއުޓް އިދާރީ ގޮތުން ހިންގުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. މި އިންސްޓިޓިއުޓް އިން ހިންގާ އެންމެހާ ކަންކަމުގެ ޔައުމިއްޔާ ލިޔުމާއި ފޮނުވަންޖެހޭ އެންމެހާ ލިޔެކިއުންތަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ކޮންމެ އަހަރެއް ނިމުމުން އަހަރީ ރިޕޯޓް ތައްޔާރުކުރުން. 
  7. މި އިންސްޓިޓިއުޓަށް ލިބޭ ލިޔެކިޔުންތައް އަދި ލިބޭ މެއިލްތައް އެންޓްރީކޮށް ފައިލް ކުރުމާއި، ގުޅުން ހުރި ފެކަލްޓީތަކަށް ނުވަތަ ޑިޕާޓްމަންޓަށް ނުވަތަ މީހަކަށް ފޮނުވުމާއި ހުރިހާ އޮފިސަރުންނާއި މުވައްޒަފުންނަށް އަންގަންޖެހޭ ލިޔުންތައް ތަނުގެ ނޯޓިސް ބޯޑަށް ނެރުން.
  8. ސްޓޮކް ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް ކުރުން.
  9. އައުޓްސޯސް ލެކްޗަރަރއިންގެ އެއްބަސްވުންތައް ޕްރޮކިއުމެންޓް ސެކްޝަނާއި ގުޅިގެން ތައްޔާރުކޮށް ބެލެހެއްޓުމާއި އެއްބަސްވުމުގެ ދަށުން ކިޔަވައިދޭ ލެކްޗަރާއިންގެ އެއްބަސްވުމުގެ އެންމެހާ ކަންކަން ބެލެހެއްޓުން.
  10. މި އިންސްޓިޓިއުޓު އިން ރިކުއެސްޓް ކޮށްގެން ގެނެވޭ މުދާ ސްޓޮކަށް ވެއްދުމަށާއި ހަރުމުދަލުގައި އިންވެންޓްރީ ނަންބަރު ޖެހުމަށް، ރިކުއެސްޓް ފޯމުގެ އަސްލާއިއެކު މާފުށި ޖަލު ސްޓޮކަށް މުދާ ހަވާލުކުރުން އަދި މި އިންސްޓިޓިއުޓު އިން ރިކުއެސްޓު ކޮށްގެން ލިބޭ އަދި ނުލިބޭ ހުރިހާ މުދަލެއްގެ ލިސްޓު އަދާހަމަކޮށް ބެލެހެއްޓުން.
  11. އޮޑިޓްކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި އައިކޯސްޓުގެ ސްޓޮކް އޮޑިޓްކުރުމަށްޓަކައި ހެޑްއޮފީހުން ވަޑައިގަންނަވާ ބޭފުޅުންނަށް އޮޑިޓް ކުރުމުގެ އެންމެހައި ކަންކަމުގައި އެހީތެރިވެ ދިނުން އަދި ކޮންމެ މަހެއް ނިމުމުން ސްޓޮކް އިންވެންޓްރީ އަޕްޑޭޓް ކުރުން.

 

މަޤާމާއި ގުޅޭ ދާއިރާ:

-   އެޑްމިނިސްޓްރޭޝަން ،  ކަސްޓަމަރ ސަރވިސް

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-   ހިއުމަން ރިސޯސް މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، އޮފީސް މެނޭޖްމަންޓް، އެކައުންޓިންގ، އައި.ޓީ،  ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު
  • މަސައްކަތު ތަޖުރިބާ
  • މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

(މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ހެޑް އޮފީހުގެ (ޤާޒީ ބިލްޑިންގ) ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީ

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 

4. ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ސާފު ކޮޕީ

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ސާފު ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުމުގެ ސާފު ކޮޕީ

7. ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް

8. އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ކޮޕީ

9. ޕޮލިސް ރިޕޯޓް (03 މަސްދުވަސް ހަމަނުވާ)

 

ސުންގަޑި:

 

  •   މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިއުންތަކާ އެކު 2024 ޖަނަވަރީ 09 ވާ އަންގާރަ ދުވަހުގެ 15:00 ނިޔަލަށް  [email protected]އަށް  މެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީސް (ރޭޑިއޯ ބިލްޑިން) ގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.
  • · ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  •  ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

  • މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

  • މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %50 (ފަންސާސް އިންސައްތަ) އެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026114 ނަންބަރު ފޯނަށް، ނުވަތަ 9112451 ނަންބަރު ފޯނަށެވެ.

(ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

28 ޑިސެންބަރު 2023