ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-A/IU/2015/25
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 31 މާރިޗު 2015 14:30
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
މާރކެޓިންގ އޮފިސަރ

މަޤާމު: މާރކެޓިންގ އޮފިސަރ

ޑިޕާޓްމަންޓް: ބިޒްނަސް ޑިވެލޮޕްމަންޓް، ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް

ސެކްޝަން: މާރކެޓިންގ އެންޑް އިންވެސްޓަރ ރިލޭޝަން

އަދަދު: 1

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:  މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް (މަސައްކަތާ ގުޅޭ ދާއިރާއަކުން) ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މާކެޓިންގ ޑިޕާޓްމަންޓުން ހިންގާ ޕްރޮޖެކްޓްތައް ޑެލިވަރކުރާނެ ނިޒާމުތައް ތަރައްޤީކުރުމުގައި އެހީތެރިވެދިނުން.
  • ކޯޕަރޭޝަންގެ އެކިއެކި އިވެންޓްތައް އިންތިޒާމުކޮށް ރާވައި ހިންގުން.
  • ކަސްޓަމަރ ރިލޭޝަން މެނޭޖްމަންޓް ސްޓްރެޓިޖީގެ ދަށުން ރޭވިފައިވާ މަސައްކަތްތައް ކޯޑިނޭޓްކުރުން.
  • ވިޔަފާރި އުސޫލުން ދޫކުރާ ބިންތަކަށް ޝައުޤުވެރިވާ އިންވެސްޓަރުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ އެފަދަ ބައްދަލުވުންތަކުގެ ޔައުމިއްޔާ ނެގުމާއި އަދި ބައްދަލުވުންތަކުގައި މަޝްވަރާކުރެވޭ ކަންތައްތަކާ ގުޅޭގޮތުން ފޮލޯއަޕްކުރުން.
  • ޑިޕާޓްމަންޓްއިން ހިންގާ ޕްރޮޖެކްޓްތަކަކީ އެކަށީގެންވާ ގޮތެއްގައި މާރކެޓްކުރެވިދާނެ އަދި ފީސިބަލް ޕްރޮޖެކްޓްތަކެއްތޯ ބެލުމަށް ކުރެވޭ ދިރާސާތަކުގައި އެހީތެރިވެދިނުން.
  • ކޮމާޝަލް ޕްރޮޖެކްޓްތަކަށް ބޭނުންވާ ޕްރޮޕޯޒަލް އަދި ބިޑިންގްއާ ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • ވިޔަފާރި އުސޫލުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް އިޢުލާނުކޮށް، ހުޅުވާލުމުގައި ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވެދިނުން. 
  • އެކި ފަރާތްތަކާ ހަވާލުކުރެވޭ ޕްރޮޖެކްޓްތައް ކުރިއަށްދާގޮތުގެ ލިޔެކިޔުންތައް އޯގަނައިޒްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުން.
  • އިންވެސްޓަރުންގެ މަޢުލޫމާތު ހިމެނޭ ޑާޓާ ބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޑިޕާޓްމަންޓުން ކުރާ މަސައްކަތްތަކުގެ ލިޔެކިޔުންތަށް ރަނގަޅަށް ބެލެހެއްޓުމާއި އަދި މިނޫންވެސް ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:

  • މާރކެޓިންގ ކޮންސެޕްޓްތައް އެނގޭ ފަރާތަކަށްވުން.
  • އެކަށީގެންވާ ބަޖެޓް މެނޭޖްމަންޓް އަދި ކަލްކިއުލޭޝަންގެ ހުނަރު ހުރުން.
  • ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން (ހާއްސަކޮށް އިނގިރޭސި ބަހުން ޑޮކިއުމެންޓްތައް ޑްރާފްޓް ކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް ވަޒީފާދިނުމުގައި އިސްކަންދެވޭނެއެވެ.)
  • ފޮޓޯސޮޕް، އިލަސްޓްރޭޓަރ އަދި ކޮރަލް ޑްރޯފަދަ ޑިޒައިން ސޮފްޓްވެއާރތައް ބޭނުންކުރަން އެނގުން.
  • އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.

މުސާރަ: 6،200.00ރ (އެލަވަންސްތަކާއެކު މަދުވެގެން 10،930.00ރ ލިބޭނެއެވެ.)

މި ވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މި ކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެ އޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   

1 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް                                                       

މާލެ، ދިވެހިރާއްޖެ                                                                                      

ފޯނު:3336755                                                                                

ފެކްސް: 3335892، ނުވަތަ

3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ. ބިލްޑިންގ

ހުޅުމާލެ، ދިވެހިރާއްޖެ

ފޯނު: 3353535      

ފެކްސް: 3358892                                                                

26 މާރިޗު 2015