ދިވެހިރާއްޖެ
މަޤާމު |
ޓީޗަރ ( އިސްލާމް ) |
ބޭނުންވާ ޢަދަދު |
1 |
މަޤާމުގެ ނަމްބަރު |
J-356029 |
މަޤާމުގެ ގިންތި: |
ވޭޖް އެމްޕްލޯއިމަންޓް އުޞޫލުން |
މުއްދަތު |
ވަޒީފާ ހަމަޖެހޭ ދުވަހުން ފެށިގެން 2024 އޮގަސްޓް 22 އަށް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އދ. އަތޮޅު ތަޢުލީމީ މަރުކަޒު/ އދ. މަހިބަދޫ |
މުސާރަ |
6000.00 ރުފިޔާ އާއި 12410.00 ރުފިޔާ އާއި ދެމެދު ( ވަޒީފާގައި ހޭދަކުރާ ވަގުތަށް ބަލައިގެން ) |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ޙާޞީލްވާގޮތަށް ކްލާހުގަޔާއި ކްލާހުންބޭރުގައި ކިޔަވައިދިނުމާއި، ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން 2. ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ޙާޞިލްވާ ގޮތަށް ލެސަންޕަލޭން ތައްޔާރުކުރުން 3. ދަރިވަރުންނަށްބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރ ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން 4. ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން ދަރިވަރުންގެ ފޮތްތަކާއި އެސެސްމެންޓް ޕޭޕަރާއި، ޔުނިޓްޓެސްޓް ޕޭޕަރުތަކާއި، ޓާމް ޓެސްޓް ޕޭޕަރު އަދި މިނޫނަސް ދަރިވަރުންނަށް ޙާޞިލްވި ނުވަތަ ކުރިއެރުން ވަޒަން ކުރުމަށް ބާއްވާ ޓެސްޓް ތަކުގެ ޕޭޕަރުތައް މާކްކުރުން 5. ދަރިވަރުން ޙާޞިލްކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން 6. ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން 7. ކްލާހުގައާއި ކްލާހުންބޭރުގައި ސްކޫލުގެ ޙަރަކާތް ތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚުލާޤީ ކަންތައްތައް ބެލެހެއްޓުން. 8. ޕޭރެންޓްޓީޗަރ މީޓީންތަކުގައި ބައިވެރި ވުމާއިދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢުލޫމާތުދިނުން 9- ދަރިވަރުންގެ ކުރިއެރުމާއި ބެހޭ ގޮތުން ބެލެނިވެރިންނާއި ސްކޫލްގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން 10- ކުލާހުން ބޭރުގައި ހިންގާ ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތައް ހިންގުމުގައި ސްކޫލަށް އެއްބާރުލުންދިނުން 11- ދަރިވަރުންގެންގުޅޭ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި އަމާންކަން ލިބިގެންވާ މާހައުލެއްކަން ކަށަވަރުކުރުން 12- ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑި ތައް ޙާޞިލްވަމުންދާކަމާއި ދަރިވަރުންގެ ކިބައިގާ ދީނީ އަދި ރަނގަޅު އަޚުލާޤީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރު ކުރުން 13- ރިލީފް ގަޑި ނެގުން 14- ސްކޫލްގައި ހިންގާ ކްލަބު ހަރަކާތްތައް ހިންގުން 15- ކިޔަވައިދޭ މާއްދާ އާއިގުޅޭގޮތުން އިތުރު މުއްސަނދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ވެރިންގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން. 16- ސްކޫލުގެ ފަރާތުން އިންތިޒާމް ކުރާ ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓް ހަރަކާތްތަކުގައި ބައިވެރިވުން. 17- މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ދާއިރާގެ މުއައްސަސާ ތަކުން ބާއްވާ ޙަރަކާތް ތަކުގައި ބައިވެރިވުމަށް ލިބޭ ފުރުޞަތު ތަކުގައި ބައިވެރިވުން. 18- ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްރީ އޮފް އެޑިޔުކޭޝަނުން ކުރައްވާ މަސައްކަތުގައި ބައިވެރިވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ އެމަސައްކަތުގައި ބައިވެރިވެ އެއްބާރުލުން ދިނުނ 19- ކޮންޓެކްޓް ގަޑީގެ ގޮތުގައި ހަފުތާއަކު މަދުވެގެން 35 މިނިޓްގެ 25 އާއި 30 އާއި ދެމެދުގެ ގަޑި ނުވަތަ 45 މިނިޓްގެ 20 އާއި 25 އާއި ދެމެދުގެ ގަޑި ނެގުން 20- ޓީޗަރެއްގެ ޙައިސިއްޔަތުން ހަވާލުކުރެވޭ އެންމެހާ ޒިންމާތައް އަދާކުރުން |
ތިރީގައި މިދަންނަވާ ޝަރުޠު ފުރިހަމާ ފަރާތެއް މިމަޤާމަށް ވޭޖު އެމްޕްލޯއިމަންޓް އުޞޫލުން ހަމަޖެއްސޭނެއެވެ.
މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ |
މަހެއްގެ މައްޗަށް އުޖޫރައިގެ ގޮތުގައި ދެވޭނެ މިންވަރު |
ދުވާލަކަށް ދެވޭނެ އުޖޫރައިގެ މިންވަރު |
1 ގަޑިއިރަށް ދެވޭނެ އުޖޫރައިގެ މިންވަރު |
އޯ ލެވެލް ކޮލިފިކޭޝަން |
6000.00ރ |
272.23ރ |
45.46ރ |
އޭ ލެވެލް ކޮލިފިކޭޝަން |
7000.00ރ |
318.18ރ |
53.03ރ |
އެޑްވާންސް ސެޓްފިކެޓް |
8590.00ރ |
390.45ރ |
65.08ރ |
ޑިޕްލޮމާ |
9570.00ރ |
435.00ރ |
72.50ރ |
ޑިގްރީ |
10940.00ރ |
497.27ރ |
82.88ރ |
މާސްޓަރ ޑިގްރީ |
12410.00ރ |
564.09ރ |
94.02ރ |
- ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
- ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
- ޤައުމީސަނަދުތަކުގެ އޮނިގަނޑުގެލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
|
https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލްސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ އުޞޫލުތައް 2023 ގެ 12 ވަނަ ނަމްބަރުގައި ހިމަނާފައިވާނެއެވެ. - ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން - މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން - ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެންނާއި ޓީޗިންގ ސްކިލް ބެލުމަށް ޕްރެކްޓިކަލް އެސެސްމެންޓް ބޭނުންކޮށްގެން |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 ޖަނަވަރީ 7 ވާ އާދިއްތަ ދުވަހު ގެ 12:00 ގެ ކުރިން، އދ.އަތޮޅު ތަޢުލީމީ މަރުކަޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 2024 ޖަނަވަރީ 8 އާއި 11 އާ ދެމެދު، އދ. އަތޮޅު ތަޢުލީމީ މަރުކަޒު ގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6680024) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ. ސްކޫލް ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/Policy/Index/74)) އިން ލިބެން ހުންނާނެއެވެ. |