ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިމަރުކަޒުގެ ނަންބަރު: IUL)C1-SM/2015/01)ފ(5 މާރިޗު 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެފަރާތުން ކަމަށްވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އައުފެންވަޅެއް އިޢުލާންކުރީމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 01 އެޕްރީލް 2015 ވާ ބުދަދުވަހުގެ 14:00 އަށް މި މަރުކަޒުގެ އޮފީހަށް ވަޑައިގެން، ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު ފޮނުވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 14:00 އަށް މި މަރުކަޒުގެ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދީސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
6 ޖުމާދަލްއާޚިރާ 1436