ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PRG-HR/1/2015/1
ޕަބްލިޝްކުރި ތާރީޚް: 26 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 10:03
ސުންގަޑި: 05 އޭޕްރިލް 2015 14:00
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެ.

މަޤާމު: ގާރޑްނިންގ އެންޑް ލޭންޑް ސްކޭޕް ސުޕަވައިޒަރ

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: -/4،340 ރުފިޔާ

ސާރވިސް އެލަވަންސް: -/1,000 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45

ފެންވަރު ނުވަތަ ޝަރުޠު: ގާރޑްނިންގ އެންޑް ލޭންޑް ސްކޭޕް ދާއިރާގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު: ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ: -/3،565 ރުފިޔާ

ސާރވިސް އެލަވަންސް: -/1,500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ %45

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑ' ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ ފްރަންޓް އޮފީސް ދާއިރާއިން ސެޓްފިކޭޓް ލެވެލްގެ ކޯހެއް ފުރިހަމަކޮށްފައިވުން، ނުވަތަ ކަސްޓަމަރ ކެއަރ ސާރވިސްގެ ތަމްރީން ކޯހެއް ފުރިހަމަކޮށްފައިވުން.

މި މަޤާމުތަކަށް މުސާރައިގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ހަމަޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސް ލިބޭނެއެވެ.

މި މަޤާމަށް ޝައުޤުވެރި ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މައުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  • ރައީސުލްޖުމްހޫރީއްޔާގެ ރަސްމީގެ މުލީއާގެއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • މޯލްޑިވިސް ކޮލިފިކޭޝަން އޮތޮރިޓީން އެކްރިޑެޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ).
  • ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.
  • ކަރިކިއުލަމް ވިޓާ (ސީވީ)
  • އެހެން ތަނެއްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ ރަސްމީގޭގެ ވަޒީފާއަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމަށް އެތަނަކުން ދޭ ލިޔުން.
  • ޕޮލިސް ރިޕޯޓު

ހުށަހަޅަންޖެހޭ ތާރީޚު: މި ވަޒީފާތައަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 05 އެޕްރީލް 2015 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ އަށް ފޮނުއްވުން އެދެމެވެ.

06 ޖުމާދަލްއާޚިރާ 1436     

26 މާރިޗު 2015