ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-PRJ/286/2023/143
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 16 ޖަނަވަރީ 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދުކުޅުދޫ ޕޮލިސް ސްޓޭޝަންގެ އަސްކަނި ސީލިންގ ކުރުމާއި ބެހޭ

ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ ސީލިންގ މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތައް އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ 09 ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލްގެ މީޓިންގ ހޯލްއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު 16 ޖެނުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލުގެ މީޓިންގް ހޯލްއަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.

މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ނޯޓް: މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

14    ޖުމާދަލްއާޚިރާ 1445

27    ޑިސެމްބަރު  2023

27 ޑިސެންބަރު 2023