ބީލަން
ނަންބަރު: (IUL)425-A2/1/2023/250
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 18 ޖަނަވަރީ 2024 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭސިޓީ ކައުންސިލްގެ ފަރާތުން ވިލިމާލޭގައި ގާއިމްކޮށްފައިވާ ކޮމިއުނިޓީ ގާރޑެންގައި ހުރި ޕްލޮޓްތައް ނަގައި މި ކައުންސިލުން ދައްކާ ބިމަކަށް އެ ޕްލޮޓްތައް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ،

މި އިޢުލާންވަނީ 08 ޖަނަވަރީ 2024 10:06 ގައި ބާތިލް ކުރެވިފައެވެ.


    ވިލިމާލޭގައި ޤާއިމްކުރާ 500 ހައުސިންގ ޔުނިޓްގެ މަސައްކަތް 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ފެށުމަށް ބޭނުންވާތީ، 500 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ބިމުގައި މިވަގުތު ޤާއިމްވެފައިވާ ވިލިމާލޭގެ ކޮމިއުނިޓީ ގާރޑެންގައި ހުރި ހުރިހާ ޕްލޮޓްތައް ވިލިމާލޭގެ 30 ނަންބަރު ކޮށީގައި އޮތް މި ކައުންސިލްގެ ބިމަށް ބަދަލު ކުރުމަށް ބޭނުންވެއެވެ. ވީމާ އެ ބިން ސާފުކޮށް ބިމުގައި ޕްލޮޓްތައް ހަދައި އެ ޕްލޮޓްތަކަށް ވިލިމާލެ ގާރޑެންގައި ހުރި ހުރިހާ ގަސްތައް ބަދަލުކުރުމަށް ބޭނުންވާތީ މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

    ވީމާ، މި މަސައްކަތް މި ކައުންސިލަށް ކޮށްދެއްވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން މަޢުލޫމާތު  ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

08 ޖަނަވަރީ 2024

11:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

18 ޖަނަވަރީ 2024    

11:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

  މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

  • ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. 
  • އިތުރު މަޢުލޫމާތު: 

-  މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025487   / އީމެއިލް: [email protected]

27 ޑިސެންބަރު 2023