މަސައްކަތް
ނަންބަރު: (IUL)286-PRJ/286/2023/142
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 15 ޖަނަވަރީ 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދުކުޅުދޫ ޕޮލިސް ސްޓޭޝަންގެ ވަށާފާރު ރޭނުމާއި ބެހޭ

ނ.ކެނދިކުޅުދޫ ޕޮލިސް ސްޓޭޝަންގެ ވަށާފާރު މިކައުންސިލުންދޭ މަޢުލޫމާތާއި ކުރެހުންތަކާއި އެއްގޮތައް އަމިއްލަތަކެތީގައި ރާނައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިއަންނަ އަހަރުގެ ޖެނުއަރީ މަހުގެ 08 ވަނަ ދުވަހުގެ 13:00 އަށް މިކައުންސިލްގެ މީޓިންގ ހޯލްއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް ފަހު 15 ޖެނުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް މިކައުންސިލުގެ މީޓިންގް ހޯލްއަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.

މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

ނޯޓް: މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުސަތެއް ނުދެވޭނެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

13    ޖުމާދަލްއާޚިރާ 1445

26    ޑިސެމްބަރު  2023

26 ޑިސެންބަރު 2023