ނީލަން
ނަންބަރު: 171-M(F3)/IUL/2023/054
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 28 ޑިސެންބަރު 2023 10:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މި މުއައްސަސާގައި ބޭނުން ކުރަމުންދިޔަ ކަނޑުއުޅަނދުފަހަރުގައި ބޭނުންކޮށްފައިވާ 20 އިންޖީނު ނީލަމުގައި ވިއްކާލުމަށް

ނީލަން ކިއުން.

  1. މި މުއައްސަސާގައި ބޭނުން ކުރަމުންދިޔަ ކަނޑުއުޅަނދުފަހަރުގައި ބޭނުންކޮށްފައިވާ 20 އިންޖީނު  ނީލަމުގައި ވިއްކާލުމަށް ކުރެވުނު މިމުއައްސަސާގެ ނަންބަރު 171-M(F3)/IUL/2023/052 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.
  2. ނީލަމުގައި  ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މިމުއައްސަސާގެ އީ-މެއިލް [email protected]  އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 ޑިސެމްބަރ 28 ވަނަ ދުވަހުގެ 10:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ 2023 ޑިސެމްބަރ 31 ވަނަ ދުވަހުގެ 08:30 ކ.ދޫނިދޫގައެވެ.
  5. ނީލަން ކިއުން އޮންނާނީ  2024 ޖަނަވަރީ 02 ދުވަހުގެ 09:30 ގައި  އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ  ދަންނަވަމެވެ.
  6. ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓަރީ ވުމަށް އެދި ފޯމް ހުށަހަޅާގައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
26 ޑިސެންބަރު 2023