ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)166/166/2015/31
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 06 އޭޕްރިލް 2015 14:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ

  އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                         އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:                   1 (އެކެއް)

މަޤާމުގެ ރޭންކް:                   އެމް އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:              ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:                       -/7035 ރުފިޔާ

ސަރވިސް އެލަވަންސް:              -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން 

މަޤާމުގެ ގިންތި:                   ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:        ބަޖެޓް، ފައިނޭންސަލް މެނޭޖްމަންޓް އަދި ލީގަލް އެފެއާޒް / ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން                    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޑީ.އެޗް.އީގެ މައި ބަޖެޓާއި، އެހެނިހެން އެކައުންޓްތަކުން ކުރަންޖެހޭ ޚަރަދުތައް ކުރުމާއި، ކޮންޓްރޯލްކުރުމާއި، އެކައުންޓްތަކުގެ ހުރިހާ ކަމެއް، މާލިއްޔަތު ޤަވައިދާ އެއްގޮތަށް ބެލެހެއްޓުން.

- ޑީ.އެޗް.އީއަށް ރިޕޭމަންޓުގެގޮތުގައްޔާއި އެހެނިހެން ގޮތްގޮތުން ހޯދަންޖެހޭ ފައިސާ، މާލިއްޔަތު ޤަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް ހޯދުމާއި، އެކަމާގުޅޭ ހުރިހާ ހިސާބުތައް ބެލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުވުން.

- ސަރުކާރުން ލޯނާއި ސްކޮލަރޝިޕްދީގެން ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔަވަމުންދާ ދަރިވަރުންނަށް ދައްކަންޖެހޭ ސްޓައިޕެންޑާއި އެހެނިހެން ފައިސާ ގަޑިއަށް ދެއްކުމަށް ކުރަންޖެހޭ މަސައްކަތްކޮށް، ފައިސާ ލިބޭކަން ކަށަވަރުކުރުން.

- އެ އަހަރެއްގެ ބަޖެޓާ ގުޅިގެން ހިންގަންޖެހޭ ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާ، ބަޖެޓުގެ ކަމާބެހޭ ކޯޑަށް ދުރާލައި ހަމަޖައްސައި ރިޒަރވް ކރުމާއި، ބަޖެޓާ ގުޅިގެން ފައިނޭންސް ޔުނިޓުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ކުރިޔަށް އޮންނަ އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓް، ބަޖެޓް ތައްޔާރުކޮށް ހުށައަޅަންޖެހޭ ތާރީޚުގެ ކުރިން ތައްޔާރުކޮށްފައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް، މާލިއްޔަތު ޤާނޫނާއި ޤަވާއިދާ އެއްގޮތައް ދިނުމުގެ މަސައްކަތް ކުރުވުން.

- ބަޖެޓާ ގުޅިގެން ބައިވެރިވާންޖެހޭ އެކިއެކި ބައްދަލުވުންތަކުގައި ވެރިއެއްގެ ހައިސިއްޔަތުން ބައިވެރިވެ، އެ ބައްދަލުވުންތަކުގައި އޮފީސް ތަމްސީލުކުރުން.

- ފައިސާގެ ހިސާބުތައް އޮޑިޓްކުރުމަށް ސަރުކާރުގެ ކަމާބެހޭ ދާއިރާއިން އަންނަ ފަރާތްތަކަށް ޖަވާބުދާރީވުމާއި، އެ މަސަކަތްތަކުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠު:

  1. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ނުވަތަ ފައިނޭންސް ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ނުވަތަ ފައިނޭންސް ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ނުވަތަ ފައިނޭންސް ހިމެނޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބަޖެޓް ހެދުން ނުވަތަ ބަޖެޓާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަވިއު ކުރުން:

- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

- މި މަގާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 އެޕްރީލް 8 އާއި 16 އާ ދެމެދުގެ ތާރީޚެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުންތަކުގެ ކޮޕީ  (ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުން.)

ރ-  މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށް، މަސައްކަތް ކުރައްވާފައިވާ ނުވަތަ ކުރައްވަމުންގެންދަވާ  އިދާރާތަކުން ހޯއްދަވާފައިވާ ލިޔުން (މިފަދަ ލިޔުންތަކުގައި، ކުރެއްވި މަސައްކަތާއި، މަސައްކަތް ކުރެއްވި މުއްދަތާއި، ވަޒީފާ އަދާކުރައްވަން ފެއްޓެވި އަދި ވަކިވިނަމަ ވަކިވިދުވަސް/މަސް/އަހަރު ވެސް އެނގެން އޮންނަންވާނެއެވެ.)

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި އެހެނިހެން ތަކެތި ހުށަހަޅުއްވާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން / ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް، 2015 އެޕްރީލް 6 ވަނަ ދުވަހުގެ 14:30 ގެ ކުރިންނެވެ.

ނޯޓް:  

- މި ޢިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤަބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ 3341307 ނަންބަރުފޯނަށް ނުވަތަ 3341303 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

 3 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015