ދިވެހިރާއްޖެ
ނަންބަރު : (IUL)ASMH-Procure/ASMH/2023/109
އިޢުލާން
ހޮސްޕިޓަލުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން
ހޮސްޕިޓަލުގެ އެމްބިއުލާންސްއަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)ASMH-Procure/ASMH/2023/86 ގެ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބް ހުށަހަޅުއްވާފައިނުވާތީ، އެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން ބިޑުގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރީ ކުރައްވާފައިނުވާ ފަރާތްތަކަށާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6845140/6845161 ގުޅުއްވުން ނުވަތަ [email protected] މެއިލްކޮށްދެއްވުން އެދެމެވެ.
ޕްރީބިޑް މީޓިންގ އަދި ބިޑުގައި ރަޖިސްޓްރީކުރުން: 03 ޖަނަވަރީ 2024، 11:00 ގައި.
އަންދާސީ ހިސާބް ހުށަހެޅުން: 14 ޖަނަވަރީ 2024، 14:00 ގައި
ތަން: ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް (1 ވަނަ ފަންގިފިލާ)