ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)279-CA/2023/42
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 11 ޖަނަވަރީ 2024 13:30
މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖުކުރުމަށް ބޭނުންވާ މެޝިނަރީޒް ގަތުމާއި ގުޅޭ

އިޢުލާން

ކުނި މެނޭޖުކުރުމަށް ބޭނުންވާ މެޝިނަރީޒް ގަތުމާއި ގުޅޭ

            ކުނިމެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރުމަށް މަދުވެގެން 30 ޓަނުގެ ކެޕޭސިޓީގެ ބޭލަރ ޕްރެސްއެއް އަދި މަދުވެގެން 300 ކިލޯގްރާމް/ހަވަރ ގެ ޕްރޮޑަކްޝަން ކެޕޭސިޓީގެ ހެވީ ޑިއުޓީ ޝްރެޑަރއެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއްޖެއެވެ. މިދެންނެވުނު މެޝިނަރީޒް ވިއްކުމަށް އަންދާސީ ހިސާބު ހުށަހަޅުއްވާއިރު، މެޝިނަރީ އާއި ގުޅޭ ތިރީގައި އެވާ މަޢުލޫމާތު އަންދާސީ ހިސާބާއެކު ހުށަހެޅުއްވުން އެދެމެވެ.

  • މެޝިނުގެ ބްރޭންޑް
  • މެޝިނުގެ މޮޑެލް ކޯޑް
  • މެޝިނުގެ ކެޕޭސިޓީ
  • މޮޓޯ ޕަވަރ
  • ބޭލަރ ޕްރެސްގެ ބޭލް ސައިޒް
  • ޝްރެޑަރގެ ކަޓިންގް ޗޭމްބަރ ސައިޒް
  • މެޝިނުގެ ސައިޒު
  • ސީޓުގެ އަދަދު
  • ފިޔުލް
  • މެޝިނު އުފެއްދި ތާރީޚް
  • މެޝިނުގެ ކުލަ

           މެޝިނަރީ ރަށަށް ގެނައުމަށް އަރުވާ ބޯއްޓާއި ހަމައަށް ގެންގޮސް ދިނުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެކެއެވެ.

           ވީމާ، މަތީގައި ދެންނެވިފައިވާ ޝަރުތުތައް ފުރިހަމަވާ މެޝިނަރީޒް މަރޮށީ ކައުންސިލް އިދާރާއަށް ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 ޖަނަވަރީ 11 ވަނަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ސިޓީގައި މެޝިނަރީގެ އަގާއި، މެޝިނަރީ ފޯރުކޮށްދެވޭނެ މުއްދަތާއި، މެޝިނަރީގެ ތަފްސީލް ސްޕެސިފިކޭޝަން ހުށަހަޅުއްވަން ވާނެއެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއާއި، ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފްސީލް

ފޯމިއުލާ

އަގު

80%

  • ތަކެތި ނުވަތަ ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑްއިވަލުއޭޝަން ބޯޑުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެކުޑައަގަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައި ޕަސަންޓް ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ހުށަހެޅުން - ފީޗާރސް

10%

  • މިބަޔަށް މާކްސް ދެވޭނީ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭގޮތަށް، ހުށަހެޅުންތަކުގެ ރޭޝިއޯއިންނެވެ.

(Benchmark  / Submitted Specification) x Allocated Percentage

މުއްދަތު

10%

  •  ތަކެތި ނުވަތަ ޚިދުމަތް ފޯރުކޮށްދޭ މުއްދަތަށް ދޭ މާކްސް
  • މިބަޔަށް މާކްސް ދެވޭނީ ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ މުއްދަތެއްގައި މުދާ ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް ގިނަ މާކްސް ލިބޭގޮތަށް ހުށަހަޅާފައިވާ މުއްދަތުގެ ރޭޝިއޯއިންނެއެވެ.

(Benchmark  / Submitted Duration) x Allocated Percentage

           އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީބަންދު ނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު: 6540054 ފޯނަށް ގުޅުއްވުން އެދެމެވެ.

26 ޑިސެންބަރު 2023