ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL - 04/GS211/2015
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 02 އޭޕްރިލް 2015 15:00
ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ޕްރިންޓަރ

   އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                      ޕްރިންޓަރ

މަޤާމުގެ ރޭންކް:                 އެސް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:           ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ގިންތި:                 ދާއިމީ

ބޭނުންވާ އަދަދު:                1 (އެކެއް)

މުސާރަ:                    -/3875 ރުފިޔާ

ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:              ނޫރާނީ ސްކޫލް، ސ. ހިތަދޫ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އިދާރީ ސެކްޝަން، ނޫރާނީ ސްކޫލް، ސ. ހިތަދޫ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޗާޕްކުރަންޖެހޭ ޓެސްޓް ޕޭޕަރުތަކާއި، ނޯޓިސްތަކާއި، ފޮޓޯކޮޕީ ހަދަންޖެހޭ ތަކެއްޗާއި، އެހެނިހެން ތަކެތި، ކަނޑައެޅިފައިވާ ގަޑިއަކަށް ޗާޕުކޮށްފައި ހަވާލުކުރުން.

- ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ ޓީޗަރުންގެ ހޭންޑް ބުކް، ވެރިއެއްގެ ލަފާގެމަތިން ތައްޔާރުކޮށް ނިންމާފައި، ވެރިއަކާ ހަވާލުކުރުން.    

- ބައިންޑުކުރުމާއި ލެމިނޭޓްކުރުމަށް ހަވާލުކުރެވޭ ތަކެތި، ކަނޑައެޅިފައިފާ ދުވަހަކަށް ނިންމާފައި ހަވާލުކުރުން.

- ޕްރިންޓިން ރޫމުގައި ހުންނަ ހުރިހާ  މެޝިނަރީތަކާއި އެހެނިހެން  ތަކެއްޗަށް ރައްކާތެރިވުމާއި، އެ ތަކެތި ބެލެހެއްޓުން.

- އޮފީހަށާއި، ޓިޗަރުންނަށް ބޭނުންވާ ތަކެތި ފޮޓޯކޮޕީ ހަދައިދިނުން.

- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ވަޒީފާގެ ޝަރުޠު (ކަނޑައެޅިފައިވާ އިންސައްތަ: % 12)

- ތަޢުލީމާއި ތަމްރީން (ކަނޑައެޅިފައިވާ އިންސައްތަ: %26)

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: % 14)

- އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: %48)                               

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 5 އެޕްރީލް 2015 އާއި 7 އޭޕްރީލް 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ނޫރާނީ ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ނޫރާނީ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އެޕްރީލް 2 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިއެވެ.

ނޯޓް:  

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނޫރާނީ ސްކޫލުގެ 6885917 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 4 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015