ބީލަން
ނަންބަރު: GS76/IUL/2023/32
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 02 ޖަނަވަރީ 2024 13:00
ބާރަށު ސްކޫލް، ހއ. ބާރަށް
ދިވެހިރާއްޖެ
2024 ވަނަ އަހަރު ބާރަށު ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

2024 ސެކިއުރިޓީ ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދަން

   15 ޖަނަވަރީ 2024 އިން ފެށިގެން 31 ޑިސެންބަރު 2024 އަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

            ވީމާ، މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 26 ޑިސެންބަރު 2023 އިން 02 ޖަނަވަރީ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 04 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ ބީލަން ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފަރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީ އާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

            ބީލަން ހުށައަޅަންވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި  "ސެކިއުރިޓީ ބަލަހައްޓައިދިނުމުގެ ޚިދުމަތް ދިނުމަށް އެދި"  މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6500527 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 ޑިސެންބަރު 2023