ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު PC/308/2023/13
ރ. މަޑުއްވަރީގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މަސައްކަތާއިގުޅޭ މަޢުލޫމާތު
- އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ މަސައްކަތުގެ ވަޒީފާގައި ގެންގުޅެންވާނީ ދިވެހީންނެވެ. (މަޑުއްވަރީގައި ރަޖިސްޓްރީ ވެފައިވާ މީހުންނާއި މަޑުއްވަރީގައި ދިރިއުޅޭ މީހުން)
- މަޑުއްވަރީ ކައުންސިލުން އިޖުތިމާޢީ ސަރަޙައްދުކަމަށް ކަނޑައަޅާފައިވާ ކޮންމެ ސަރަޙައްދެއް މަދުވެގެން މަހަކު 1 (އެކެއް) ފަހަރު ކުނިކަހާ ކުނި އުކާލުން.
- ކުނިއުކާލުމާއި ކުނި ނައްތާލުމުގައި ޢަމަލުކުރާނީ މަޑުއްވަރީ ކައުންސިލުން ޢަމަލުކުރަމުންދާ ކުނިއުކާލުމާއި ކުނި ނައްތާލުމާއި ގުޅޭ އުސޫލުގައިވާ ގޮތަށެވެ.
- މަޑުއްވަރީ ކައުންސިލުން ކަނޑައަޅާފައިވާ އިޖްތިމާޢީ ސަރަޙައްދު މިއިޢުލާނާއި އެއްފަތްކޮށްފައިވާނެއެވެ.
- އިޖްތިމާޢީ ސަރަޙައްދުގެ ބޮޑުމިން: 556275 އަކަފޫޓު
- މަސައްކަތުގެ މުއްދަތު: 2 އަހަރު
- ސާފުކުރުން ކަމުގައި ބަލަނީ އިޖްތިމާއި ޞަރަޙައްދަށް އެޅިފައިވާ އެންމެހާ ކުންޏާއި ގައުކުޑި އަދި ފަޅާފައިވާ ވިނަ ނޮޅާ ސާފުކުރުމަށެވެ.
- އިޖްތިމާއީ ޞަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ޞަރަޙައްދުގައި އިންދާފައިވާ ނުވަތަ ފަޅައިގެން ހެދިފައިވާ އެއްވެސް ގަހެއް ނުވަތަ ރުކެއް ކަނޑަން ވާނީ ކައުންސިލުގެ ހުއްދަލިބިގެން ކައުންސިލުން ފޮނުވާ މީހެއްގެ ހާޒިރުގައެވެ.
- އިޖްތިމާއީ ޞަރަޙައްދުން ސާފުކޮށްގެން ނަގާކުނި ދުވަހުން ދުވަހަށް ކުނިކޮށްޓަށް ގެންދަންވާނެއެވެ. އަދި ގައުކުޑި ގައު އެޅުމަށް ކައުންސިލުން ކަނޑައަޅާތަނަކަށް އަޅަންވާނެއެވެ.
ރަޖިސްޓްރީކުރުން |
2024 ޖަނަވަރީ 03 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ. އިޖުތިމާޢީ ސަރަޙައްދު ކުނިކަހާ ސާފުކުރުމުގެ ބިޑުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް (google.com) ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ. |
މަޢުލޫމާތު ސާފުކުރުން |
މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2024 ޖަނަވަރީ 03 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އީމެއިލް އެޑްރެސް: [email protected] ކޮޕީ: [email protected] |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް |
|
އަގު ހުށަހަޅަންވީ ގޮތް:
- އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
- އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.
- ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.
" އިޖުތިމާޢީ ސަރަޙައްދު ސާފުކުރުން "
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- މުއްދަތު ހަމަނުވާ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ
- އަންދާސީ ހިސާބު ހުށަހަޅާ ފޯމް
ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:
- ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :
- އަގު %90
- ތަޖުރިބާ
- ބިޑް އިވެލުއޭޓްކުރުމުގައި އަގުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އެންމެ ބޮޑުއަގެވެ.
- ބިޑް އިވެލުއޭޓްކުރުމުގައި މުއްދަތުގެ ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓްގެ އެންމެ ބޮޑު ޓާންއޯވަރއެވެ.
- މާލީ ޤާބިލުކަން ސާބިތުކޮށްދިނުމަށް ހުށަހަޅާނީ ވިޔަފާރީގައި ބޭނުންކުރާ އެކައުންޓްގެ 6 (ހައެއް) މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓެވެ.
- ބިޑް އިވެލުވޭޓް ކުރުމުގައި ބެންޗްމާކުގެ ގޮތުގައި ބަލާނީ ހުށަހަޅާފައިވާ އިޖުތިމާޢީ ޒިންމާއަށް އަހަރަކު ޚަރަދުކުރާ އެންމެ ބޮޑު ޢަދަދެވެ.
- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.