ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)375/375/2023/64
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 31 ޑިސެންބަރު 2023 14:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޭންޑްބޯލް އެކަޑަމީ ހިންގައިދޭނެ ކޯޗުން ހޯދުމާއި ގުޅޭ

ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގެ ފަރާތުން ފެށުމަށް ތައްޔާރުވަމުންދާ "ހޭންޑްބޯލް އެކަޑަމީ" ހިންގުމަށްޓަކައި ހޭންޑްބޯލް ކޯޗުން ހޯދުމަށް ބޭނުންވެއެވެ. މިއެކަޑަމީއަކީ ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެކަޑަމީއެއްކަމުން، އެކަޑަމީގައި ޙަރަކާތްތެރިވާ ކޯޗުންނަށް 2،000.00 (ދެހާސް) ރުފިޔާ އަށްވުރެ ކުޑަނުވާނެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެކަޑަމީ ކުރިއަށްދާނީ ގިނަވެގެން ހަފްތާއަކު 3 ދުވަހު، ހަވީރުގެ ވަޤުތުގައެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 31 ޑިސެންބަރު 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ސީވީ އާއި އަދި ހޭންޑްބޯލް ދާއިރާއިން ހޯދާފައިވާ ސެޓްފިކެޓްތައް މި އިދާރާއަށް ލިޔުމުން ހުށަހެޅުން އެދެމެވެ. ނުވަތަ މިއިދާރާގެ އީމެއިލް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6760042 އަށް ގުޅުއްވުން އެދެމެވެ.

25 ޑިސެންބަރު 2023