ވަޒީފާގެ ފުރުޞަތު
ނަންބަރު: Q5-HC/IUL/2023/08
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 02 ޖަނަވަރީ 2024 13:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ޑްރައިވަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

މިޞިއްޙީމަރުކަޒުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ.

 މަޤާމް

ޑްރައިވަރ        

މަޤާމުގެ ނަންބަރު:

J-350521

ބޭނުންވާ ޢަދަދު:

 01

ގިންތި: 

ދާއިމީ

ރޭންކް:

އެސް އެސް 02

ކްލެސިފިކޭޝަން: 

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރަތަފަންދޫ ޞިއްޙީމަރުކަޒު / ގދ. ރަތަފަންދޫ

މުސާރަ:

-/3470ރ

ސަރވިސް އެލަވަންސް:

-/1000ރ

މިނިމަމް ވޭޖް އެލަވަންސް

-/613ރ

 

 

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް (މަހަކު): -/1200 ރުފިޔާ
  2. ހެލްތް ސާރވިސަސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  1. މީގެ އިތުރުން މަޤާމަށް ކަނޑައެޅުފައިވާ އިނާޔަތްތައް

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް:

  1. އެމްބިއުލާންސް / ވޭން އަބަދުވެސް ދަތުރުކުރެވޭނެ ޙާލަތެއްގައި ބޭއްވުން.
  2. އެއްޑިއުޓީ އިން އަނެއް ޑިއުޓީއަށް ބަދަލުވާ އިރު ދިމާވެފައިހުރި މައްސަލަތައް ކިޔާދީ ޑިއުޓީ ފަށާ މުވައްޒަފާއި ވެހިކަލް ޙަވާލުކުރުން.
  3. ޑިއުޓީ ފެށުމަށް ފަހު ބަލިމީހުން އުފުލުމުގައި ވެހިކަލަށް ބޭނުންވާ ތަކެތި ހަމަޔަށް ހުރިތޯ އާއި ސާފުތާހިރުކޮށްހުރިތޯ ބަލައި މަދުވާ ތަކެތި ހަމަކުރުން.
  4. ބަލިމީހުންގެ ބޭނުންތަކަށް ކޮންމެ ވަގުތެއްގައިވެސް ރިސެޕްޝަނުން އަންގާ ދަތުރުތައް ވަގުތުން ފެށުން.
  5. ދަތުރު ކުރުމަށްފަހު ދަތުރުގެ ތަފްޞީލް ރެކޯރޑްކުރުމާއި ބަލިމީހުން އުފުލުމަށް ކުރާ ދަތުރުތަކަށް ދަތުރުނޯޓް ލިޔެ ބެލެހެއްޓުން.
  6. ޖެހިގެން އަންނަ ޑިއުޓީ އަށް ދަތިނުވާނޭ ގޮތަށް ވެހިކަލަށް ބޭނުންވާ އެންމެހާ ތަކެތި ހަމަކުރުން.
  7. ވެހިކަލްގެ އިންޖީނަށް ގަޑިން ގަޑިއަށް ދޭންޖެހޭ ސާރވިސް ދިނުމާއި ކަނޑައެޅިފައިވާ ޝެޑިއުލް އާއި އެއްގޮތަށް ތެޔޮބަދަލުކުރުމާއި މިނޫނަސް ބަދަލު ކުރަންޖެހޭ އެހެނިހެންތަކެތި ހޯދާ ހަމަކޮށް ވެހިކަލްގެ މެއިންޓަނެންސް ގަވާޢިދުން ބެލެހެއްޓުން.
  8. އެމްބިއުލާންސްގައި އުފުލާ ބަލީމީހުންނަށާއި އެހީތެރިންނަށް އަޅާލުމާއި އޯގާތެރިކަމާއެކު ފުރިހަމައަށް އެހީތެރިކަން ދިނުން.
  9. ވެހިކަލަށް ލިބޭ ކޮންމެ ގެއްލުމެއް ކަމާބެހޭ އިސް މުވައްޒަފަށް ވަގުތުން އެންގުން.
  10. ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވެދިނުމާއި އެހީތެރިވެދިނުން.
  11. ޞިއްޙީ ކާރިސާތަކުގައާއި ޕެންޑެމިކްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.

 

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. .2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް.
  3. 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު،ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1.   .6މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

މަގާމުގެ ޝަރުތުތައް:

 

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަނެއް/ ހުއްދައެއް ޙާސިލްކޮށްފައިވުން

ގުޅޭ ވަޒީފާގެ ދާއިރާތަށް

ޓްރާންސްޕޯޓޭޝަން ސާވިސަސް

މަޤާމުގެ ތައުލީމީ ރޮގުތަށް

ނެތް

މަޤާމުގެ ޕްރިފާރޑް ޑިސިޕްލިން

ނެތް

މަގާމުގެ ކޯޑިސިޕްލިން

ނެތް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:    

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް މި މިނިސްޓްރީގެ ވެބްސައިޓްގެ ޑައުންލޯޑްސް އިން ލިބެން ހުންނާނެއެވެ.

http://health.gov.mv/Uploads/Downloads//Informations/Informations(357).pdf

 

 

މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ޖަނަވަރީ 2024 ގެ 13:00 ގެ ކުރިން، ގދ. ރަތަފަންދޫ ޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]   މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު / ޕްރެކްޓިކަލް އިމްތިހާން 2024 ޖަނަވަރީ މަހު 14 އާއި 25 ދެމެދު  އޮންނާނެއެވެ. އިންޓަރވިޔޫ އޮންނާނީ ރަތަފަންދޫ ޞިއްޙީމަރުކަޒުގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމު)" އާމުކުރުނ

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި މަރުކަޒަށް ހުށަހަޅަންވާނެއެވެ. 

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840095 އަށެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

25 ޑިސެންބަރު 2023