ދިވެހިރާއްޖެ
މިއިދާރާއަށް ކައުންސިލް އޮފިސަރގެ މަޤާމަށް މުވައްޒަފުން ނެގުމަށް ބޭނުންވެއެވެ.
މަޤާމް |
ކައުންސިލް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-385024 |
ބޭނުންވާ ޢަދަދު |
01 (އެކެއް) |
މަޤާމުގެ ގިންތި |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެމް އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
މަހަކު 5610:00 ރުފިޔާ |
ސަރވިސް އެލެވަންސް: |
މަހަކު 2000:00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1-ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛުކުރުމުގައި އިދާރިގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 2- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. 3- ފޮނުވަންޖެހޭ ރިޕޯޓުތަކާއި އެކި ފަރާތްތަކަން ފޮނުވަންޖެހޭ ސިޓީ، މެސެޖާއި އެކިފަރާތްތަކުން ލިބޭ ސިޓީ، މެސެޖަށް ޔުނިޓުގެ ހެޑްގެ ލަފާގެ މަތިން ލިޔެ ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ފޮނުވުން. 4- ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިނގާ ކަންތައްތައް ބަލާ ފިޔަވަޅު އެޅުމާ އާންމު ކުރަންޖެހޭ ލިޔުންތައް ލިޔެ އާންމުކުރުމާއި ގެޒެޓް ކުރަންޖެހޭ ލިޔުންތައް ގެޒެޓްކުރުމާއި އެކަންކަމާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއެކު އެކަންކަން ތަންފީޒު ކުރުން. 5- އިޖްތިމާއީ ބިންތަކާއި ޢިމާރާތްތަކާއި ގޯތިތަކާއި އެ ގޯތިތަކާ ގުޅިފައިވާ މަގުތަކާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ހުށަހެޅޭ މަސައްލަތައް ބަލައި ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 6- ފާހަގަ ކުރަންޖެހޭ ދުވަސްތައް ފާހަގަ ކުރުމަށާއި ރަށުގެ ބަނދަރާއި އިޖްތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމާއި، މަގުހެދުމާއި ރަށުގެ ބަނދަރާއި، މަގުލައިޓުތައް ދިއްލައި ބެލެހެއްޓުމާއެކު، މުނިސިޕަލް ފޯސްގެ މަސައްކަތްތައް ރާވާ ހިންގުން. 7- ބިންބިމާއި ގޯއްޗާއި، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީތައް ހަދައިދިނުމާއި ބާޠިލް ކުރަންޖެހޭ ރަޖިސްޓަރީތައް ބާޠިލްކުރުމާއި ބިންބިމާއި ގޯތި ގެދޮރުގެ އިމާބެހޭ މައްސަލަތައް ބަލައި އެކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރުން. 8- ކުނިމެނޭޖް ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި ހަދަންޖެހޭ ޕްލޭންތަކާއި، ޕްރޮޖެކްޓްތައް ހަދައި އެހީ ހޯދުމަށް އަމިއްލަ ފަރާތްކާއި ސަރުކާރާއި ރާއްޖޭން ބޭރު ފަރާތްތަކަށް ހުށަހެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 9- މީހުންގެ ނަންބަދަލު ކުރުމަށް ހުށަހަޅައި މައްސަލަތަކާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، ރަށްވެހިންގެ ރަޖިސްޓަރީންނާއި، އުފަންދުވަހުގެ ސެޓްފިކެޓުންނާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުން އެކަން އިޞްލާޙް ކުރުމުގެ މަސައްކަތްތައްކުރުން. 10- ލޭންޑްޔޫސް ޕްލޭން ހެދުމާއި ރަށުގެ ޗާޓް ޑިވެލޮޕްކޮށް، ބެލެހެއްޓުމާއި، ބިމާބެހޭ ސާރވޭ، އަދި އެ ކަންކަމާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއެކު، ގޯތި ދޫކުރުމާއި ބޯހިމެނުމާބެހޭ ގޮތުން ކުރަންޖެހޭ މަސައްކަތައް ކުރުން. 11- ކަނޑާއި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެހި ދުއްވުމުގެ އިމްތިހާނު ބޭއްވުމަށާއި އަދި ލައިސަންސް ހަދައި ދިނުމުގައި ކުރަންޖެހޭ މަސައްކަތްތަކާއި ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި އަދި އިމްތިޙާނު ތަކާއިބެހޭ ލިޔުންތަކަށް ފަރުވާތެރިވެ އެލިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން 12- ސަރުކާރު، ރައްޔިތުން، އަދި އިޖްތިމާއީ، ފަރުދީ، ސިނާޢީ މަސައްކަތަށް ބޭނުންވާ ބިން ހަމަޖެއްސުމަށާއި އެފަދަ ބިންތައް ދޫކުރުމަށާއި، ބިމުގެ ތަފްތަރު ލިޔެ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ސަރުކާރާއި ރައްޔިތުންނާއި ފަރުދުންނަށް ދޫކޮށްފައިވާ ބިންތަކުގެ ރަޖިސްޓަރީތައް ބެލެހެއްޓުން. 13- ވަޒީފާއާ ގުޅިގެން ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ކޮންމެ ކަމެއްގައި ޙަރަކާތްތެރިވުމާއި އަދި ސަލާމާއި ޗުއްޓީގައި ހުންނަ މުވައްޒަފުގެ މަސައްކަތް ޙަވާލު ކުރުމުން އެ މަސައްކަތް ކުރުމާއި ރަށުގެ ތަރައްޤީއާއި ތަޢުލީމާއި،-އިޖްތިމާއީ، އަދަބީ، ސަޤާފީ، ކަންކަމުގައި ބައިވެރިވެ މަސައްކަތް ކުރުން. 14- ދީނީގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގުރާމްތައް ހިންގުމާއި މިސްކިތްތައް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން. 15-ޤުދުރަތީ ކާރިސާތަކާއި ޙާދިސާތައް ދިމާވާހިނދު ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި އެއްގޮތަށް ކުރަންޖެހޭ މަސައްކަތައް ކުރުމާއި ކަމާގުޅޭ ޕްލޭން ޑިވެލޮޕްކޮށް އެ ހަރަކާތްތަކަށް ރައްޔިތުން އަހުލުވެރި ކުރުވުން. 16- ސަލާމާއި ޗުއްޓީގައި ހުންނަ މުވައްޒަފުގެ މަސައްކަތް ޙަވާޅު ކުރުމުން، އެ މަސައްކަތްތައް ކުރުމާއި، މުވައްޒަފުގެ ޕާފޯމެންސް އެޕްރައިޒަލާއި ގުޅޭ މަސައްކަތްތައް އަދާ ހަމަކުރުމާއި އެކިއެކި މުބަރާތްތަކާއި އިވެންޓްތައް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުމާއި، އަދި ކައުންސިލްގެ ފަރާތުން ހިންގާ ޙަރަކާތްތަތކުގައި ބަރިވެރިވުން 17- ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ އާއްމުކޮށް ދިމާނުވާ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރި ކަމާއެކުބަރާބަރަށް އެ މަސައްކަތްތައް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
މަޤާމުގެ މަސައްކަތާއިގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮއްފައިވުން. މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފަރޑް) އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ،ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިޔަރިންގ، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެންވަޔަރަންމަންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިޔުމަން ރިސޯސް، އިންފޮރމޭޝަން ޓެކްނޮލޮޖީ، އިންޓަރނޭޝަނަލް ރިލޭޝަންސް، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މެރިން ސައިންސް، މާކެޓިންގް، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވަރކް، ސޯޝިއޮލަޖީ، ސްޕޯރޓސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިނގް، ސަސްޓެއިނަބަލް ޑިވްލޮޕްމަންޓް، އަރބަން ޕްލޭނިންގް، އާބަން ސްޓަޑީޒް |
މަގާމުގެ މަސައްކަތުދާއިރާތައް:
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލްސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ،ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ،އަދާކޮށް ފައިވާ،އަދި ވަޒީފާ، އަދި އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ.) (ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރައެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސްޗެކް ފޯމު" |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
1- އަސާސީ ޝަރުޠު ހަމަވުމުން (%30) 2- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5) 3- ކޯ ޑިސިޕްލިންއާއި ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (%5) 4- އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5) 5- އެސެސްމަންޓް(އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (%20) 6- އިންޓަރވިއު (%35) ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ 60%(ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާން ޖެހޭނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 00:14 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓް ލިސްޓްކުރުން: |
މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 07 ޖަނަވަރީ 2024 އާއި 25 ޖަނަވަރީ 2024 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު،މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް)" އާންމުކުރުން: |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ފޯމް ) " އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައާއި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަންބަރު 6500013 ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > ''ރެކްރޫޓްމެންޓް އުޞޫލް'' ((https:/www.csc.gov.mv/policy/Index/51އިން ލިބެން ހުންނާނެއެވެ. މެއިލް ކޮށްގެން ފޮނުވާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.