ވަޒީފާގެ ފުރުޞަތު
ނަންބަރު: HPL/I-2023/08
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 01 ޖަނަވަރީ 2024 14:00
ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

                                                                                                                                                                                                                            ނަންބަރު: HPL/ I-2023/08

އިޢުލާން

 

މި ކުންފުނީގެ މިދަންނަވާ މަޤާމްތަކަށް މީހުންބޭނުންވެއްޖެއެވެ.                   

 

1.       މަޤާމް:                   އެސިސްޓެންޓް އެޑްމިން އެސޯސިއޭޓް      

އަސާސީ މުސާރަ:            5000/- ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:        3000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

ބޭނުންވާ ޢަދަދު:              01

ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):     

·         މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް ލެވެލް 02 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

·         ޖީ.ސީ.އޭލެވެލް 02 މާއްދާއިން ދަށްވެގެނެ "ސީ" ފާސް ލިބިފައިވުން.

 

 

2.       މަޤާމް:                ސެކިއުރިޓީ އެސިސްޓެންޓް  

އަސާސީ މުސާރަ:        -/4100 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:    3000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

ބޭނުންވާ ޢަދަދު:          03

ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):  

·             ގްރޭޑް 08 ގެ ފެންވަރު ހުރުން ނުވަތަ

·             މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރުގެ ތަޖްރިބާ ލިބިފައިވުން.

 

 

3.       މަޤާމް:                ލޭބަރާރ

އަސާސީ މުސާރަ:         3700/- ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:     3000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

ބޭނުންވާ ޢަދަދު:          01

ފެންވަރު ނުވަތަ ޝަރުތު (ތަޢުލީމާއި ތަޖުރިބާ):  

·             ގްރޭޑް 08 ގެ ފެންވަރު ހުރުން ނުވަތަ

·             މަސައްކަތާއި ގުޅޭ ދާއިރާއަކުން 02 އަހަރުގެ ތަޖްރިބާ ލިބިފައިވުން.

 

 

 

 

އިތުރުމަޢުލޫމާތު: މި މަޤާމްތަކަށް މުސާރަ އަދި އިނާޔަތްތަކުގެ އިތުރަށް އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.

ސިޓީ ފޮނުއްވުމުގެ މުއްދަތަކީ 01 ޖަނަވަރީ 2024 ގެ 14:00 ކުރިންނެވެ. ސިޓީ ހުށަހަޅުއްވާއިރު ވަޒީފާއަށް އެދޭ ފަރާތުގެ އައިޑީ ކާޑުގެ ދެފުށުގެ ކޮޕީއާއި، އެދޭ މަޤާމް ސާފުކޮށް އެގޭނެހެން ސިޓީއާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް ރަނގަޅަށް އެނގޭގޮތަށް) ހުށަހަޅުއްވަންވާނެއެވެ. ކުރިން އެހެން ވަޒީފާއެއް އަދާކޮށްފައިވާ ނަމަ އެތަނަކާއި، އުޅެފައިވާ މުއްދަތު އަދި މަޤާމް އެގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށައަޅާ ލިޔެކިޔުންތައް ބަލައިގަންނާނީ އީމެއިލް އިންނެވެ. އީމެއިލް އިން ލިޔެކިޔުންތައް ފޮނުވަންވާނީ މިކުންފުނީގެ އެޗް-އާރް މެއިލް [email protected] އަށެވެ. އީމޭލް ފޮނުވާއިރު ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި PDF ކޮށްފައެވެ. އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުތުހަމަވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 8558 688 އަށް ގުޅުއްވުން އެދެމެވެ.

 

25 ޑިސެންބަރު 2023