ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/88/2023/89
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 12:27
ސުންގަޑި: 08 ޖަނަވަރީ 2024 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދަރަންޏެއް ނުވަތަ މައްސަލަައެއް އޮތް ފަރާތެއްވޭތޯ ބެލުމަށް

އިޢުލާން

 

ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މި މިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ މާލެ އަތޮޅު ފަޅު- ޖިއޮގްރެފިކަލް ކޯޑިނޭޓްސް (i4°40’49.9”N 73°31’34.2”E) ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއިޢުލާން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އޮފީސް ބަންދުކުރުމުގެ ކުރިން، މި މިނިސްޓްރީއަށް ލިޔުމަކުން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް އަންގަވައި ދެއްވުން އެދި، ޢާންމުކޮށް އިޢުލާންކުރީމެވެ.

 

         އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.

         12 ޖުމާދަލްއާޚިރު  1445ހ

         

25 ޑިސެންބަރު 2023