މަސައްކަތް
ނަންބަރު: (IUL)219-CA/1/2015/4
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 17:27
ސުންގަޑި:
02 އޭޕްރިލް 2015 14:00
މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ޖަލްސާގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 3 މޭ 2015 ގައި ޖަލްސާއެއް (ހަފްލާއެއް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިޖަލްސާ ބޭއްވުމާ ގުޅޭގޮތުން ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- އިވެންޓް އޮގަނައިޒަރ / ޑިޒައިނަރ
- ހަފްލާގެ ކޭޓަރިން
- ނޫސްވެރިކަމުގެ އިނާމު (އެވޯޑް) ހެދުން
- ހަފްލާގެ ފޮޓޯ ނެގުން
ވީމާ، މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 29 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
02 ޖުމާދަލްއާޚިރާ 1436
22 މާރިޗު 2015