މަސައްކަތް
ނަންބަރު: (IUL)307/INDIV/2015/38
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 17:22
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމު ކުރާނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިއިދާރާގެ ނަންބަރު IUL)307/INDIV/2015/14)ފ(05 ފެބުރުވަރީ 2015) ގެ އިޢުލާނާ ގުޅިގެން ދެވުނު ބީލަން ފޮތްތަކުގައި މައްސަލަތަކެއް ހުރުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މިރަށުގެ ބޭސްފިހާރާއިގެ އުތުރު ސަރަހައްދުގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 ން 14:30 އަށް އިންނަމާދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.
- މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 26 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 14:00 ގައި މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.
- އިންނަމާދޫގެ ބޭސްފިހާރައިގެ އުތުރު ސަރަހައްދުގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް
- ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
- ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޖުމާދަލްއޫލާ 1436
19 މާރިޗު 2015