ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2023/61
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 30 ޑިސެންބަރު 2023 00:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިހާރަތަކާއި ހޮޓާ ރެސްޓޯރަންޓް އިންސްޕެކްޓްކުރުމާއި ގުޅޭ

ރަށުގައި ހިންގާ ހޮޓާ/ރެސްޓޯރަންޓްތަކާއި އިންޕޯޓްމުދާ ވިއްކާ ފިހާރަތައް އިންސްޕެކްޓްކުރުމުގެ ޕްރޮގޮރާމެއް މިކައުންސިލާއި ހެލްތު ސެންޓަރާއި ފުލުހުން ގުޅިގެން މިމަހުގެ 29 ން 30އަށް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ. އަދި މިވިޔަފާރިތައް ހިންގުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުސޫލުތަކާއި ޚިލާފަށް ހުރި ކަންކަން ބަލައި ފާހަގަކޮށް އެކަންތައްތައް ރަނގަޅުކުރުމަށް ވިޔަފާރިތަކުގެ ވެރިންނަށް އަންގާނެއެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25 ޑިސެންބަރު 2023