ދިވެހިރާއްޖެ
ފޮތްލިޔެ ލޭއައުޓް ހަދައި ޗާޕުކުރުމަށް ބޭނުންވެއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ތައްޔާރުކޮށް 2015 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ހިންގަން ފަށާފައިވާ އާ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 2 (ގްރޭޑް 4، 5 އަދި 6 ) ގެ އިސްލާމް ، ޤުރުއާން އަދި ދިވެހި މި ތިން މާއްދާގެ ފޮތްތައް (ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް) ލިޔުމާއި ލޭއައުޓްހެދުން އަދި ޗާޕުކުރުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
30 މާރިޗު 2015 (ހޯމަ) ދުވަހުގެ 14:00 އަށް |
15 އެޕްރީލް 2015 (ބުދަ) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341346, 3341403 ނަންބަރު ފޯނާއެވެ.
02 ޖުމާދަލްއާޚިރާ 1436