ނީލަން
ނަންބަރު: (IUL)320-FNP/320/2015/19
ޕަބްލިޝްކުރި ތާރީޚް: 19 މާރިޗު 2015
ޕަބްލިޝްކުރި ގަޑި: 17:15
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓެއިނަރެއް ސިޓީލާ ނީލަމުގައި ވިއްކާލުން

މިރަށުގެ ސްޓޭޖް ސަރަޙައްދުގެ އިރުމަތީ ފާރުކައިރީގައި ހުރި ކޮންޓެއިނަރ ސިޓީލާ ނީލަމުގައި ވިއްކާލުމާ ބެހޭ

މިރަށުގެ ސްޓޭޖް ސަރަޙައްދުގެ އިރުމަތީ ފާރުކައިރީގައި ހުރި ކޮންޓެއިނަރ ހުށަހެޅޭ އެންމެ މަތީ އަގަށް ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

ކޮންޓެއިނަރއާ ބެހޭ މަޢުލޫމާތު:

ދިގުމިން: 20 ފޫޓު

ފުޅާމިން: 8 ފޫޓު  

އުސްމިން: 8 ފޫޓު

ނީލަމުގެ ތަފުސީލު

ނީލަން ފެށޭ އަގު: -/2,000 ( ދެހާސް ރުފިޔާ )

މަދުވެގެން އިތުރުކުރެވޭނެ އަގު: -/250 ( ދުއިސައްތަ ފަންސާސް ރުފިޔާ )

ކޮންމެ ދުވަހެއް އެންމެ މަތީ އަގު މިކައުންސިލްގެ ނޯޓިސް ބޯޑުގައި ބެލެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީއަގު ކަމުގައި އިޢުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާނުކުރެވޭ ތާރީޚުން ފެށިގެން 05 ދުވަސް ވަންދެން (ސަރުކާރު ބަންދުދުވަސް ނުހިމަނައި) އެއް އަގެއްގައި އޮތުމުންނެވެ.

ނީލަން ނިންމުން:

ނީލަން ނިމުމުން އެންމެ މަތިން އަގު ހުށަހަޅާ ފަރާތަކަށް އެކަން އެންގޭނެއެވެ. އެފަރާތައް ނީލަން ނިމުނުކަން މިކައުންސިލުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދުދުވަސް ނުހިމަނައި) ނުވަތަ މިކައުންސިލުން އިތުރުކޮށްދެވޭނެ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ މިކައުންސިލް އިދާރާއަށް ދައްކަންވާނެއެވެ. ނުދައްކައިފިނަމަ ހުށަހެޅުން ބާޠިލު ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު މިކައުންސިލަށް ލިބިގެންވެއެވެ. އަދި ފައިސާ ދެއްކުމަށްފަހު ކޮންޓެއިނަރ އެތަނުން 05 ދުވަހުގެ ތެރޭގައި ނަގަންވާނެއެވެ.

އަގު ހުށަހެޅުން:

ހުށަހަޅަންޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:15 އާ ދެމެދު މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި "ކޮންޓެއިނަރ ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަމިއްލަ ފަރުދެއްނަމަ:

  • ގުޅޭނޭ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކޮށްފައިވާ ސިޓީއެއް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީ)

ކުންފުންޏެއްނަމަ:

  • މިނީލަމާ ގުޅޭގޮތުން މިކައުންސިލާ މުޢާމަލާތްކުރާނޭ ފަރާތެއްގެނަމާއި އެޑްރެސް އަދި ފޯނު ނަންބަރާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާކޮށްފައިވާ ސިޓީއެއް.
  • ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
  • މިނީލަމާ ގުޅޭގޮތުން މިކައުންސިލާއި ކުންފުންޏާ ދެމެދު މުޢާމަލާތްކުރުމަށް ކަނޑައަޅާފައިވާ ފަރާތް އަންގައިދޭ ލިޔުން ( ކުންފުނީގެ ލެޓަރހެޑްގައި )

އިތުރު މަޢުލޫމާތު ސާފުކުރެއްވުން:

އޭދަފުށި ކައުންސިލް އިދާރާ ފޯން ނަންބަރު: 6608303   ފެކްސް ނަންބަރު: 6608503

އީމެއިލް އެޑްރެސް: [email protected]

28 ޖުމާދަލްއޫލާ 1436

19 މާރިޗު 2015