ދިވެހިރާއްޖެ
މިއިޢުލާނާއި އެކު ހުށަހަޅާފައިވާ މަޢުލޫމާތާއި އެއްގޮތަށް ފާދިއްޕޮޅު ކުރެންދޫ އިޖުތިމާޢީ ސަރަހައްދު ތަކުގައި ޖަހާފައިވާ މަގު ބައްތިތަކާއި ބަނދަރު ބައްތި 31 ޑިސެންބަރު 2024ގެ ނިޔަލަށް
ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މައިގަނޑު ތަކެތި ދިނުމުން މިމަސައްކަތްކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ
ފަރާތްތަކުން 03 ޖަނަވަރީ 2024 ބުދަ ދުވަހުގެ 14:00ގެ ކުރީން މިއިދާރާއަށް ލިއުމަކުން ހުށަހަޅުއްވައިގެން ނުވަތަ، އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.
ބިޑްރަޖިސްޓަރ ކުރެއްވުމަށް ފޮނުވާއިރު ހިމަނަންޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީ
3- ގުޅޭނެ ފޯނު ނަންބަރު
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު (އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް) މެއިލްގައި އެޓެޗް ކުރަންވާނެއެވެ.
އަންދާސީހިސާބު ހުށަހެޅުއްވުން އޮންނާނީ 11 ޖަނަވަރީ 2024ވާ ބުދަ ދުވަހުގެ 13:00ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލްކުރެއްވުންއެދެމެވެ.
ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.