ކުއްޔަށް ހިފުން
ނަންބަރު: (IUL)MHCL-P/1/2023/25
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 17:59
ސުންގަޑި: 03 ޖަނަވަރީ 2024 15:00
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ އޮފީސް ހިންގުމަށް ޢިމާރާތެއް ކުއްޔަށްހިފަން ބޭނުންވެއްޖެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ އޮފީސް ހިންގުމަށް ޢިމާރާތެއް ކުއްޔަށްހިފަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:

މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:

 

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 03 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ ތިން ގަޑި ސުންމިނެޓު (15:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 03 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 28 ޑިސެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ އެއް ގަޑި ސުންމިނެޓު (13:00) ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

24 ޑިސެންބަރު 2023