ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2023/314
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 16:20
ސުންގަޑި: 27 ޑިސެންބަރު 2023 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެސިސްޓެންޓް އޮފިސަރ

ވަޒީފާގެ ދާއިރާ:

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/8,000ރ އާއި -/11,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ؛

މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓެއް (ލެވެލް 4) ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ރާއްޖެއިން ބޭރުން ގެނެވޭ މުދަލާއި އެކްސްޕޯޓް ކުރެވޭ މުދަލަށް ކަސްޓަމްސް ޑެކްލަރޭޝަން ފުރިހަމަ ކުރުން.
  • ޑެކްލަރޭޝަން ފުރިހަމަ ކުރަން ބޭނުންވާ ޝިޕިންގ ޑޮކިއުމަންޓްސް، ގުޅުންހުރި ޓެންޑަރ ސްޓާފްއަށް ގުޅައިގެން ހޯދުން.
  • މުދާ ކްލިއަރ ކުރުމަށް ކަސްޓަމްސް، އެމް.ޕީ.އެލް، އެމް.އޭ.ސީ އެލް އަށް ދިއުން.
  • ޑިއުޓީ މާފްކުރަންޖެހޭ މުދަލަށް ޑިއުޓީ މަޢަފް ކުރުމަށް އެދި ކަމާބެހޭ މިނިސްޓްރީއަށް ސިޓީފޮނުވުން.
  • ކެމިކަލް ގޮތުގައި އެތެރެ ކުރެވޭ މުދަލަށް ކެމިކަލް އެތެރެކުރުމުގެ ޙުއްދަ އެމް.ޑީ.އެފް އިން ހޯދުން.
  • ޑެލިވަރީ އޯޑަރ ނަންގަންޖެހޭ އޮފީސް އިން ޑެލިވަރީ އޯޑަރ ނެގުމާއި ކޮންޓެއިނަރ ނޯޓްކުރުން.
  • މުދާ ކްލިޔާ ކުރާ ބިލްތައް ހޯދުމާއި ކްލިއަރެންސް ޗާރޖް ޝީޓް ތައްޔާރު ކޮށް، ޖީ.އާރ.އެން ހެދުމަށް ސެންޓްރަލް ސްޓޯރަށް ފޮނުވުން.
  • ކްލިއަރކުރާ މުދާ ޑެލިވަރީ ކުރަންޖެހޭ ސައިޓަށް ގެންގޮސް ޑެލިވަރީ ނޯޓްގައި ސޮއިކުރުވުން.
  • ކްލިއަރކޮށް ޑެލިވަރީ ކުރެވުނު މުދަލުގެ "ޑެލިވަރީ ނޯޓިފިކޭޝަން" ގުޅުން ހުރި ޑިޕާޓްމަންޓް ހެޑް އަދި ޔުނިޓް ހެޑް ހިމަނައިގެން ސެންޓްރަލް ސްޓޯރަށް މެއިލްކުރުން.
  • ޑީއެޗް.އެލް. ކޮށް ފޮނުވަންޖެހޭ އަދި ގެންނަންޖެހޭ މުދަލަށް ޑީ.އެޗް.އެލް އެއަރވޭ ބިލް ތައްޔާރުކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

27 ޑިސެންބަރު 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 27 ޑިސެންބަރު 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

11 ޖުމާދަލްއާޙިރާ 1445

24 ޑިސެންބަރު 2023

24 ޑިސެންބަރު 2023