ވަޒީފާގެ ފުރުޞަތު
|
ވަޒީފާގެ ދާއިރާ:
|
އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖީނިއަރިން ޑިޕާރޓްމަންޓް
|
މަޤާމް:
|
ޔޫއައި / ޔޫއެކްސް ޑިވެލޮޕަރ (ކޮންޓްރެކްޓް)
|
ބޭނުންވާ ޢަދަދު:
|
01
|
މުސާރަ:
|
މަސައްކަތު ތަޖުރިބާ އަދި ތައުލީމީ ފެންވަރު ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
- މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާ އެކު ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ދާއިރާތަކަށް އަހުލުވެރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ:
- ޔޫއައި / ޔޫއެކްސް ޑިޒައިން (UI/UX Design)
- އެކްސެސިބަލް ޔޫއައި / ޔޫއެކްސް ޑިޒައިން
- ގްރެފިކްސް ޑިޒައިން އަދި އެނިމޭޝަން
- ސްކެޗް (Sketch)
- ފިގްމާ (Figma)
- އެޑޯބީ ކްރިއޭޓިވް ސުއިޓް (Adobe Creative Suite)
- ސީ.އެސް.އެސް / އެސް.ސީ.އެސް.އެސް / އެސްއޭއެސްއެސް (CSS / SCSS / SASS)، ޓެއިލްވިންޑް(Tailwind)
- ރިއެކްޓް(React) ، އެންގިއުލަރ(Angular) ، ވިއު ޖޭއެސް(Vue.js) ، ވެބް އެސެމްބްލީ (Wasm) ، ޖޭއެސްއެކްސް (JSX)
- ގިޓް (Git)
- އަދި ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ކަންކަމަށް އިސްކަން ދެވޭނެއެވެ:
- ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ ދާއިރާގެ ހުނަރާއި ތަމްރީނާއި ތަޖުރިބާ
- ދާއިރާއާ ގުޅޭ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް އަމަލީ ބައިވެރިވުން ދެވިފައިވާ މިންވަރު
- ފަރިތަކަމާ އެކު މުއާމަލާތު ކުރުމުގެ ހުނަރު
- ޓީމެއްގައި ގުޅިގެން ރަނގަޅަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ޑެސްކްޓޮޕް އަދި ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ޔޫސާ އިންޓަފޭސްތައް ފަރުމާކޮށް ތައްޔާރުކުރުން.
- ވަޔަރފްރޭމް، ވިޝުއަލް އަދި ގްރެފިކް ޑިޒައިން، ފްލޯ ޑައިގްރާމް، ސްޓޯރީބޯޑް، ސައިޓް މެޕް، އަދި ޕްރޮޓޯޓައިޕް މެދުވެރިކޮށް ފެންވަރު ރަނގަޅު ޔޫއެކްސް ޑިޒައިން ސޮލިއުޝަންސް ތައްޔާރުކުރުން.
- ޔޫ.އައި އެލިމަންޓްތައް ފަރުމާކޮށް، ތައްޔާރުކޮށް، ޓެސްޓްކުރުން.
- އެޕްލިކޭޝަންތަކުގެ ފްރަންޓް-އެންޑް ޑިވެލޮޕްކުރުން.
|
މަޤާމް:
|
ފުލް ސްޓެކް ޑިވެލޮޕަރ (ކޮންޓްރެކްޓް)
|
ބޭނުންވާ ޢަދަދު:
|
01
|
މުސާރަ:
|
މަސައްކަތު ތަޖުރިބާ އަދި ތައުލީމީ ފެންވަރު ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެ މަތީން.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާ އެކު ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ؛
- މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާ އެކު ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ، އަދި މިނޫންވެސް ޒަމާނީ ޕްރޮގްރާމިންގ ލެންގުއޭޖް، ފްރޭމްވޯރކް، އަދި ދާއިރާތަކަށް އަހުލުވެރި ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ:
- VueJS, React, Rust, TypeScript, JavaScript, Angular, Swift, ASP.Net, C#, Java, Kotlin
- MSSQL, PostgreSQL
- ގިޓް (Git)
- އަދި ކެންޑިޑޭޓުން ހޮވުމުގައި ތިރީގައިވާ ކަންކަމަށް އިސްކަން ދެވޭނެއެވެ:
- ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ ދާއިރާގެ ހުނަރާއި ތަމްރީނާއި ތަޖުރިބާ
- ދާއިރާއާ ގުޅޭ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށް އަމަލީ ބައިވެރިވުން ދެވިފައިވާ މިންވަރު
- ފަރިތަކަމާ އެކު މުއާމަލާތު ކުރުމުގެ ހުނަރު
- ޓީމެއްގައި ގުޅިގެން ރަނގަޅަށް މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުން
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- ވެބް، މޯބައިލް، އަދި ޑެސްކްޓޮޕް އެޕްލިކޭޝަންތައް ޑިވެލޮޕްކުރުން.
- އެޕްލިކޭޝަންތަކުގެ ޔޫޒަރ އިންޓަރެކްޝަންތައް/އިންޓަރފޭސްތައް ފަރުމާކުރުން.
- އެޕްލިކޭޝަންތަކުގެ ބެކް-އެންޑް ޑިވެލޮޕްކުރުން.
- އެޕްލިކޭޝަންތަކުގެ ފްރަންޓް-އެންޑް ޑިވެލޮޕްކުރުން.
- ވެބް އޭޕީއައި އެޕްލިކޭޝަން ޑިވެލޮޕްކުރުން.
- އެޕްލިކޭޝަންތަކަށް ބޭނުންވާ ޑޭޓާބޭސް ފަރުމާކޮށް ގާއިމުކުރުން.
- ވެބް އެޕްލިކޭޝަންތަކަށް ބޭނުންވާ ސާވާ ސިސްޓަމްތައް ސެޓަޕްކޮށް ބެލެހެއްޓުން.
- އެޕްލިކޭޝަންތަކުގެ އޮތެންޓިކޭޝަން އަދި އެކްސެސް ކޮންޓްރޯލްއަށް ބޭނުންވާ ސިސްޓަމްތައް ފަރުމާކޮށް ޑިވެލޮޕްކުރުން ނުވަތަ ތާޑް ޕާޓީ ސިސްޓަމްތަކާ އިންޓަގްރޭޓްކުރުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
27 ޑިސެންބަރު 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް 27 ޑިސެންބަރު 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
11 ޖުމާދަލްއާޚިރާ 1445
24 ޑިސެންބަރު 2023
|