ނީލަން
ނަންބަރު: 171-M(F3)/IUL/2023/053
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 28 ޑިސެންބަރު 2023 10:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މިމުއައްސަސާގައި ބޭނުންކޮށްފައިވާ 38 އެއަރ ކޮންޑިޝަން އިންޑޯ ޔުނިޓް ނީލަމުގައި ވިއްކާލުމަށް

.ނީލަން ކިއުން.

  1. މިމުއައްސަސާގައި ބޭނުންކޮށްފައިވާ 38 އެއަރ ކޮންޑިޝަން އިންޑޯ ޔުނިޓް ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
  2. ނީލަމުގައި  ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މިމުއައްސަސާގެ އީ-މެއިލް [email protected]  އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 ޑިސެމްބަރ 28 ވަނަ ދުވަހުގެ 10:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ 2024 ޖަނަވަރީ 02 ވަނަ ދުވަހުގެ 09:30 ގައި ޕޮލިސް ވެހިކަލް ގަރާޖު އެވެ.
  5. ނީލަން ކިއުން އޮންނާނީ  2024 ޖަނަވަރީ 03 ދުވަހުގެ 10:00 ގައި އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ  ދަންނަވަމެވެ.
  6. ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓަރީ ވުމަށް އެދި ފޯމް ހުށަހަޅާގައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
24 ޑިސެންބަރު 2023