ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)113-PD/1/2023/172
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 27 ޑިސެންބަރު 2023 13:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް ލޭންޑިންގ ކްރާފްޓެއް ގަތުމާއި ގުޅޭ.

  މި ކުންފުނިންދޭ ސްޕެސިފިކޭޝަންއާއި އެއްގޮތަށް، މި ކުންފުނީގެ ބޭނުމަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ބޭނުންވެއެވެ.

       ވީމާ، މި އިއުލާނާއި އެކު އެޓޭޗްކްރެވިފައިވާ ސްޕެސިފިކޭޝަންއަށް ފެތޭ ލޭންޑިންގ ކްރާފްޓެއް ސަޕްލައިކޮށް ޑެލިވަރ ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ޕްރީބިޑް މީޓިންގ

 

ޕްރީބިޑް މީޓިންގ 27 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:00 އަށް އެމް.ޕީއެލް ހެޑްއޮފީހުގައި. (ޕްރީބިޑަށް ހާޒިރުވެ ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

04 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް

ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް، ޓެކްނިކަލް ސްޕެސިފިކޭޝަންގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

     މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށްގޮސް މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.

        އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

 

24 ޑިސެންބަރު 2023