ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)456-ESMSC/456/2023/62
ޕަބްލިޝްކުރި ތާރީޚް: 24 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 10 ޖަނަވަރީ 2024 13:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ލ. ކަލައިދޫގެ ޤަބުރުސްތާނު،ފުޓްސަލް ދަނޑު، ޖިމް ، ސްޓޭޖް ސަރަހައްދާއި ސްޓޭޖު ސަރަހައްދު ކުޑަ ދަނޑު ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ ( ދެވަނަ އިޢުލާން)

އިޢުލާން

ލ. ކަލައިދޫގެ ޤަބުރުސްތާނު،ފުޓްސަލް ދަނޑު، ޖިމް ، ސްޓޭޖް ސަރަހައްދާއި ސްޓޭޖު ސަރަހައްދު ކުޑަ ދަނޑު ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ ( ދެވަނަ އިޢުލާން)

 

   ކޮންޓެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތައް މިރަށުގެ ޤަބުރުސްތާނު،ފުޓްސަލް ދަނޑު، ޖިމް ، ސްޓޭޖް ސަރަހައްދާއި ސްޓޭޖު ސަރަހައްދު ކުޑަ ދަނޑު ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 05 ޑިސެމްބަރ 2023މ. ކުރެވުނު މި ކައުންސިލުގެ އިޢުލާން ނަމްބަރު:(IUL)456-ESMSC/456/2023/57  އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.  

  ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 07 ޖަނަވަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 10 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.

  ބިޑުއިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލު:

އަގު

ޖަމިއްޔާ/ޖަމާއަތެއްނަމަ

ޖުމްލަ ޕޮއިންޓް

75

25

100

  ބިޑު ކާމިޔާކުރާފަރާތަކީ މި އުޞޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭފަރާތެވެ.

  މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެއެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ  6800730 ފޯނާ ގުޅުއްވުން އެދެމެވެ.

                 މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

11 ޖުމާދަލްއާޙިރާ 1445ހ.

24 ޑިސެމްބަރ 2023 މ.

24 ޑިސެންބަރު 2023