ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)385/385/2023/23
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 28 ޑިސެންބަރު 2023 14:00
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ދިޔަމިގިލީގެ ވިޔަފާރިތަށް އިންސްޕެކްޓް ކުރުމާއިގުޅެ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ދަށުން ކައުންސިލްގެ މައްޗަށް ހަވާލުވެފައިވާ މައްސޫލިއްޔަތާއި އެއްގޮތަށް، ދިޔަމިގިލީގައި ވިޔަފާރިކުރަމުންދާ ފިހާރަތަށް / ސައިހޮޓާ އިންސްޕެކްޓު ކުރުމުގެ މަސައްކަތް 24 ޑިސެމްބަރ 2023 ން 28 ޑިސެމްބަރ 2023 އަށް މި އިދާރާއިން އެ ފިހާރަތަކަށް ޒިއާރަތްކޮށް ބަލައި އިންސްޕެކްޓު ކުރުމުގެ މަސައްކަތް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ވިޔަފާރިތަށް އިންސްޕެކްޓް ކުރުމުގައި މި އިދާރާގެ ފަރާތުން ބަލާނެ ކަންތައްތަށް ތިރީގައި އެވަނީއެވެ.

  1. މުދަލުގެ އަގުޖަހާ ރީތިކޮށް އަގު ފެންނާނެހެން ހަރުގައި އަތުރާފައިވެތޯ.
  2. މުދަލުގެ މުއްދަތު ހަމަނުވޭ ނުވަތަ ވިއްކުމަށް އެކަށީގެންވޭތޯ
  3. މުދަލުގައި ލޭބަލްކުރެވިފައިވޭތޯ
  4. ކާބޯތަކެއްޗާއި އެކިކަހަލަ ކެމިކަލް ހިމެނޭ އެހެނިހެން މުދާ ވަކިކުރެވިފައިވޭތޯ
  5. ޚިދުމަތް ލިބިގަންނަ ފަރާތްތަކައް ރައްކާތެރި މާހައުލެއެއް ޤާއިމްވެފައިވޭތޯ
  6. ދިވެހިރާއްޖޭގައި ގަނެވިއްކުން މަނާ އެއްވެސް ބާވަތެއްގެ މުދަލެއް ނުވަތަ ވިޔަފާރިއެއްކުރޭތޯ
  7. ދިވެހިރާއްޖޭގެ ޤާނުންތަކާއި، ތ ދިޔަމިގިލީ ކައުންސިލްގެ އުސޫލްތަކާއި ހިލާފުނުވާހެން ވިޔަފާރި ކުރުމުންދޭތޯ
  8. ބިދޭސީން ގެންގުޅޭނަމަ، އެފަރާތްތަކުގެ އެންމެހައި ލިޔެކިޔުންތައް އަދާހަމަކުރެވިފައިވޭތޯ
  9. ވިޔަފާރިކުރުމުގެ ހުއްދަ / ސާފުތާހިރުކަމުގެ ސެޓްފިކެޓް

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ޑިސެންބަރު 2023