ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2023/179
ޕަބްލިޝްކުރި ތާރީޚް: 21 ޑިސެންބަރު 2023
ޕަބްލިޝްކުރި ގަޑި: 14:07
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ފަޅުވެރިންގެ ތަމްރީނާއި ސަނަދާގުޅޭ ގަވާއިދު ގުޅޭ

  މިމިނިސްޓްރީން އެކުލަވާލާ ދިވެހި ސަރުކާރުގެ ގެޒެޓްގައި 5 ޖަނަވަރީ 2023 ގައި ޝާއިޢު ކޮށްފައިވާ ގަވާއިދު ނަންބަރު 2023/R-20  "ފަޅުވެރިންގެ ތަމްރީނާއި ސަނަދާގުޅޭ ގަވާއިދު" ގެ 12 ވަނަ މާއްދާގެ (2) ގެ (ނ) ގައި ބަޔާންކޮށްފައިވާ  ގޮތަށް މިމިނިސްޓްރީން ގަބޫލުކުރާނީ އެގައުމެއްގެ މެރިޓައިމް އެޑްމިނިސްޓްރޭޝަނަކުން ހުއްދަދީފައިވާ، އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯ ސްޓޭންޑާރޑައިޒޭޝަން (އައި.އެސް.އޯ) ISO 9001 އަށް ފެތޭ ތަމްރީނުދޭ މަރުކަޒަކުން ނުވަތަ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ) އިން ހިންގާފައިވާ ނުވަތަ އައި.އެމް.އޯ އާއި ގުޅިގެން ތަމްރީނުދޭ މަރުކަޒަކުން ހިންގާފައިވާ ޓްރެއިންގ ދަ ޓްރެއިނަރސް ކޯސް ފުރިހަމަކޮށް ލިބިފައިވާ ސެޓްފިކެޓްތައް ކަމުގައި އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

21 ޑިސެންބަރު 2023